ސްޓެލްކޯގެ މަރާމާތުގެ މަސައްކަތުގައި އުޅުނު މުވައްޒަފުން

ސްޓެލްކޯ

ބޮޑު ބަޔަކުން ކަރަންޓް ނުކަނޑާ ސްޓެލްކޯއިން މަރާމާތުގެ މަސައްކަތް ނިންމައިފި

ކުރިން ލަފާކޮށްފައި ވަނީ އެ މަސައްކަތް ނިންމާލާ އަލުން ކަރަންޓް ދެވޭނީ މިއަދު ހެނދުނު 10އެއްގައި ކަމަށް؛ އެހެން ނަމަވެސް މަސައްކަތް 8:46ގައި ވަނީ ނިންމާފައި
23 އޯގަސްޓު 2025

ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގޭގައި މިއަދު ކުރި މެއިންޓަނަންސްގެ މަސައްކަތް މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. އެ މަސައްކަތް ނިންމާލާފައި ވަނީ ކުރިން ލަފާކުރި ގަޑިއަށްވުރެ ކުރިންނެވެ.

ވީ ކިހިނެއް؟ - ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހުސެއިން ފަހުމީ މިއަދު އެކްސްގައި ވިދާޅުވި ގޮތުގައި މި މަސައްކަތް ނިންމާލާފައި ވަނީ މިއަދު ހެނދުނު 8:43ގަ އެވެ. އަދި ކުރިން ލަފާކޮށްފައި ވަނީ އެ މަސައްކަތް ނިންމާލާ އަލުން ކަރަންޓް ދެވޭނީ މިއަދު ހެނދުނު 6-10އަށް ކަމަށެވެ. 

"މި މަސައްކަތް މިހާ އަވަހަށް ނިންމާލެވުނީ ސްޓެލްކޯގެ ހިދުމަތްތެރި އިންޖީނިއަރުންނާއި ޓެކްނީޝަނުންގެ ގާބިލްކަމާއި ހީވާގިކަމުން،" ފަހުމީ ވިދާޅުވި އެވެ. އަދި މުވައްޒަފުންގެ މަސައްކަތުގެ އަހުލާގާއި، އެ މަސައްކަތަށް އޮންނަ ލޯތްބާއި، ރައްޔިތުންނަށާއި ގައުމަށް ހިދުމަތްކުރުމުގެ މަތިވެރި ރޫހު އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ.

އެ މަސައްކަތުގައި ބައިވެރިވި މުޅި ޓީމަށް އައްސަރިބަހާއި ސާބަސް ރައްދުކުރަމުން ފަހުމީ ވިދާޅުވީ ގްރޭޓާ މާލެ ސަރަހައްދުގެ ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރައްވައި، އެންމެހާ ކަސްޓަމަރުންނަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށެވެ. 

ސްޓެލްކޯއިން މިފަދަ މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ކަރަންޓުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތްތަކުގެ ގޮތުގައި ކަން ވެސް ފަހުމީ ފާހަގަކުރެއްވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް