ނަދާ ސެލޫން ވިޔަފާރީގެ ވެރިޔާ ފާތިމަތު ނަދާ: މެޓާނިޓީ ލީވްގައި ހުއްޓާ މުވައްޒަފަކު ވަކިކުރި މައްސަލަ ހައި ކޯޓަށް ނަދާ ހުށަހަޅައިފި. (ފޮޓޯ/ ކޯޕަރޭޓް މޯލްޑިވްސް)

ވަޒީފާ

ނަދާ ސެލޫންގެ މުވައްޒަފަކު މެޓާނިޓީ ލީވްގައި ހުއްޓައި ކަނޑާލި މައްސަލަ ހައި ކޯޓަށް

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ހުކުމްކުރީ އެ މުވައްޒަފަކު ކަނޑާލީ ގޯސްކޮށް ކަމަށް؛ ހައި ކޯޓަށް މައްސަލަ ހުށަހެޅީ ނަދާ ސެލޫންގެ ފަރާތުން

ވިޔަފާރިވެރިޔާ ފާތިމަތު ނަދާ ހިންގާ ނަދާ ސެލޫންގައި މަސައްކަތްކުރި މުވައްޒަފަކު މެޓާނިޓީ ލީވްގައި ހުއްޓައި ވަޒީފާއިން ވަކިކުރި މައްސަލާގައި މުސާރައާއި ބަދަލު ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ވީކިހިނެއް؟ - މި މުވައްޒަފު ޗުއްޓީއަށް ދިޔައީ އޮގަސްޓް 2024 އިން އޮކްޓޯބަރު 2024 އަށެވެ. ނަމަވެސް އެ މުއްދަތުގައި މުސާރަ ނުދިނުމުން، މުސާރަ ނުދޭ ނަމަ ވަޒީފާއިން ވަކިވާން ބޭނުންވާ ކަމަށް އޭނާ ބުނުމުން، މުސާރަ ވެސް ނުދީ ވަޒީފާއިން ކަނޑާލީ އޮކްޓޯބަރު މަހުގަ އެވެ.

ތަފްސީލް - މި މައްސަލާގައި އެ މުވައްޒަފު ޓްރައިބިއުނަލަށް ދިޔަ އެވެ. ނަދާގެ ގައިރު ހާޒިރުގައި އަދި މުވައްޒަފާ އެއްކޮޅަށް ޓްރައިބިއުނަލުން ނިންމި ނިންމުން ނަދާ ހައި ކޯޓުގައި އިސްތިއުނާފްކުރީ މިދިޔަ 29 ޖޫންގަ އެވެ.

ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި، ނަދާ ސެލޫން ހިންގާ ސެލޫން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި އެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން ވަކި ގޮތެއް ނުނިންމަ އެވެ.

ފަސްމަންޒަރު - ޓްރައިބިއުނަލުން ކުރި ހުކުމްކުރީ:

  • މެޓާނިޓީ ލީވްގައި ހުރި މުއްދަތުގެ މުސާރައަށްވާ 48،600ރ. ދޭން

  • ސަބަބެއް ނެތި ވަޒީފާއިން ވަކިކުރި ކަމަށް ނިންމައި، އޭގެ ބަދަލެއްގެ ގޮތުގައި 97،200ރ. ދޭން

  • އެ މުއްދަތުގައި ދިމާވި ރޯދަ މަހުގެ އެލަވަންސަށްވާ 3000ރ. ވެސް ދޭން

  • ގާނޫނީ ވަކީލުގެ ހިދުމަތް ހޯދަން މުވައްޒަފު ވަކީލަށް ދިން 35،000ރ. ވެސް ނަދާ ސެލޫނުން އޭނާއަށް ދޭން

ކޮމެންޓް (3)

ނަދާފޭން

21 އޯގަސްޓު 2025
ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ގޮސް ޖަވާބުދާރީވާންވީމަ ފިލާފަ، ހުކުމު ކުރީމަ ރޮމުން މި ދަނީ ހައި ކޯޓަށް. ނަދާމެންގެެ ފެންވަރު. ދެން ވެސް އެ އަންހެން ކުއްޖާ އަށް ހައްގު ލާރިކޮޅު ދީފަ ތިކަންތައް ނިންމާލަން އުޅެބަލަ. ހަމަ ގޮތް ދޫނުކުރަން ވެގެން އަދި ގަދަކޮށްލާފަ.
7 0

ޗުއްޕު

21 އޯގަސްޓު 2025
ނަދާއޭ ނުރޯށޭ، މިފައިސާ ހަދާންކޮށް ހަނދާނުން ވި ފޮހެލާ، އެކޮއި ހިތް ނުރޮއްވާ
7 0

އުއްޗު

21 އޯގަސްޓު 2025
ނަދާ ގޯސް
9 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް