ދިރާގާއި ރެޑް ކްރެސެންޓުގެ އޮފިޝަލުން. (ފޮޓޯ/ދިރާގު)

ދިރާގު

ދިރާގުން ރެޑް ކްރެސެންޓަށް އެހީ ފޯރުކޮށްދެނީ

މި ޕާޓްނަޝިޕްގެ ސަބަބުން، ކާރިސާތަކުގެ ވަގުތުގަ އާއި އާންމު ހާލަތްތަކުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދޭ
19 އޯގަސްޓު 2025

ދިވެހި ރެޑް ކްރެސެންޓުން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން، ދިރާގުން 'ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް' އިތުރު އަހަރަކަށް އާކޮށްފި އެވެ.

ތަފްސީލް - މި ޕާޓްނަޝިޕްގެ ސަބަބުން، ކާރިސާތަކުގެ ވަގުތުގަ އާއި އާންމު ހާލަތްތަކުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދެ އެވެ.

މި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:

  • ފުރަތަމަ އެހީ ފޯރުކޮށްދިނުން 

  • ނަފްސާނީ އަދި އިޖްތިމާއީ އެހީތެރިކަން ދިނުން 

  • ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް

ބުނީ ކީކޭ؟ - "ދިވެހި ރެޑް ކްރެސެންޓުން ގައުމަށް ކޮށްދެއްވަމުން ގެންދަވާ އަގުހުރި އަދި މުހިންމު މަސައްކަތްތަކަށް އެހީތެރިވެ، އެއްބާރުލުން ދިނުމުގެ ފުރުސަތު ލިބުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ދިރާގުގެ ސީނިއާ މެނޭޖަރު، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވި އެވެ.

"މި ފުރުސަތުގައި ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ކުރައްވަވާ މިންނެއް މަސައްކަތް ފާހަނގަކޮށް ދިރާގުގެ ފަރާތުން ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން."

ދިވެހި ރެޑް ކްރެސެންޓުން ބުނި ގޮތުގައި، މިވޭތުވެދިޔަ އަހަރުތަކުގައި ދިވެހި ރެޑް ކްރެސެންޓުން ފޯރުކޮށްދޭ ހިދުމަތްތައް ދިނުމުގައި އަދި މަސައްކަތް ފުޅާ ކުރުމުގައި ދިރާގުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި އެހީތެރިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގައްޔާއި ކާރިސާގެ ވަގުތުތަކުގައި އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަގުފަހިވުމުގެ އިތުރުން، ދިރާގާއި ދިވެހި ރެޑް ކްރެސެންޓާ ދެމެދު ގާއިމްކުރެވިފައިވާ ގުޅުން ވަރުގަދަކުރުމުގެ ފުރުސަތު ލިބިގެންދާކަން އެ ތަނުން ފާހަގަކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް