މާލޭގައި ދެމުންދާ ބަހުގެ ހިދުމަތް (ފޮޓޯ/އެމްޓީސީސީ)

ބަހުގެ ހިދުމަތް

ޖުމްހޫރީ މައިދާން ކައިރި ގިނަ ދުވަހަށް ބަންދުކުރަނީ؛ ޓްރެފިކަށް ބޮޑު ބަދަލެއް

އެމްޓީސީސީން ބުނިގޮތުގައި ބޮޑުތަކުރުފާނުމަގު ހެދުމަށް ބޮޑު ސަރަހައްދެއް ބަންދުކޮށްފައިވާތީ ޖުމްހޫރީ މައިދާން ބަސް ހުއްޓިއަށް މާދަމާއިން ފެށިގެން 13 އޮކްޓޫބަރުގެ ނިޔަލަށް ބަސް މަޑެއް ނުކުރާނެ

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ކުރަން ޖުމްހޫރީ މައިދާނާއި އެ ސަރަހައްދުގެ ފަޅުން ބޮޑު ބައެއް ގިނަ ދުވަހަށް ބަންދު ކުރާތީ  އެ ސަރަހައްދު ޓްރެފިކަށް ބޮޑު ބަދަލެއް ގެނެސްފި އެވެ. އެކަމާ ގުޅިގެން ޖުމްހޫރީ މައިދާން ކައިރީ ބަސް ހުއްޓިއަށް ބަސް މަޑުނުކުރާނެކަން އެމްޓީސީސީން މިއަދު ވަނީ އިއުލާންކޮށްފަ އެވެ. 

ވީ ކިހިނެއް؟ - އެމްޓީސީސީން މިއަދު ބުނިގޮތުގައި އެ ބަސް ހުއްޓީގެ ހިދުމަތް މެދުކަނޑާލާފައިވަނީ މާދަމާއިން ފެށިގެން އެމްއެމްއޭ ސަރަހައްދުން ފެށިގެން އިއްޒުންދީން ޖެޓީއާ ހަަމައަށް އޮންނަ މަގު ބަންދުކުރުމާ ގުޅިގެންނެވެ.

އެހެންވެ:

  • މާދަމާއިން ފެށިގެން އަންނަ 13 އޮކްޓޫބަރުގެ ނިޔަލަށް ޖުމްހޫރީ މައިދާން ބަސް ހުއްޓިއަށް ބަސް މަޑެއް ނުކުރާނެ

އެނގުންް މުހިންމު - ބޮޑުތަކުރުފާނު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތަށް މާދަމާއިން ފެށިގެން 13 އޮކްޓޫބަރުގެ ނިޔަލަށް ބޮޑުތަކުރުފާނުމަގުގެ އެއްފަޅި ވަނީ ބަންދުކޮށްފަ އެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެއްބަސްވުމުގެ ދަށުން:

  • ހެންވޭރު ފެރީ ޓާމިނަލު ސަރަހައްދުން ފެށިގެން މާލޭ މަސްމާރުކޭޓާ ހަމައަށް ތާރުއަޅާނެ؛ އެއީ 830 މީޓަރުގެ ސަރަހައްދެއް

  •  737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލިންގެ މަސައްކަތް ކުރާނެ

  • މި މަސައްކަތް ހަވާލުކޮށްފައިވަނީ 455 ދުވަހުން ނިންމާ ގޮތަށް؛ މަސައްކަތުގެ އަގަކީ 144.50 މިލިއަން ރުފިޔާ

ކޮމެންޓް (2)

ތަކުރު

18 އޯގަސްޓު 2025
މަސައްކަތުގެ ދުވަހަކަށް ތިން ލައްކަ. މީތަ އަސްލުކޮށްވެސް މި މަސައްކަތް ކުރެވޭ އަގަކީ؟
1 0

ތައްކާން

18 އޯގަސްޓު 2025
455 ދުވަހަކީ ހާދަ ދުވަހެކޭ މިކަހަލަ މަސައްކަތަކަށް. އަނެއްކާ އެހާ އަގު ބޮޑު. މީޓަރަކަށް އެއްލައްކަ ހަތްދިހަ ހާސް. މީ ހަމަ އަސްލުވެސް މިކަން ކުރެވޭ އަގު ތަ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް