ކައްދޫ އެއާޕޯޓު ސަރަހައްދުގައި ދަތުރުވެރިންތަކެއް: މި ހާދިސާ ހިނގީ ކައްދޫ އެއާޕޯޓަށް ދާން މަގު ހުރަސްކުރަނިކޮށް.
ލ. އަތޮޅުގައި ސައިކަލަކުން ޖެހި 64 އަހަރުގެ އަންހެނަކު މަރުވެއްޖެ
ލ. އަތޮޅުގައި ކަފިހިހުރަހަކުން މަގު ހުރަސްކުރަނިކޮށް ސައިކަލަކުން ޖެހި 64 އަހަރުގެ އަންހެނަކު ރޭ މަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނީ މި ހާދިސާ ހިނގީ ލ. ފުނަދޫން ގަމަށް ދަތުރުކުރި ސައިކަލަކާއި ލ. ކައްދޫ އެއާޕޯޓަށް ދާން މަގު ހުރަސްކުރި ދެ މީހެއްގެ ގައިގާ ޖެހިގެން ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ އިރުއޮއްސި 7:18 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ތަފްސީލް - މި އެކްސިޑެންޓުގައި:
-
އަނިޔާވީ ކަފިހިހުރަހުން މަގު ހުރަސްކުރި ދެ އަންހެނުންނަށާއި ސައިކަލުގައި ތިބި ދެ މީހުންނަށް
-
މަރުވީ މަގު ހުރަސްކުރި ދެ އަންހެނުންގެ ތެރެއިން 64 އަހަރުގެ އަންހެނެއް
-
އޭނާ މަރުވީ ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް
މި އެކްސިޑެންޓުގައި ދެން އަނިޔާވި މީހުންގެ ހަލާތާ ގުޅޭ ތަފްސީލެއް ފުލުހުން ނުދެ އެވެ.