ސްޓެލްކޯ ބިލްޑިން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ސްޓެލްކޯ

މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

މި ފަހަކަށް އައިސް ސްޓެލްކޯގެ ކަރަންޓު ހިދުމަތް މެދުކެނޑުން ވަނީ އާންމު މައްސަލައަކަށް ވެފައި
14 އޯގަސްޓު 2025

މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ދާދި ދެންމެއަކު ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

ވީ ކިހިނެއް؟ - މިއީ މި މަހު މާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ދެ ވަނަ ފަހަރެވެ.

އެންމެ ފަހުން ކަރަންޓު ދިޔައީ 9 އޮގަސްޓުގަ އެވެ. އެ ފަހަރު ކަރަންޓު ލިބުނީ ތިން ގަޑިއިރަށް ވުރެ ފަހުންނެވެ.

މިއަދު މައްސަލަ ހައްލުވާނެ ސީދާ ވަކި ގަޑިއެއް ސްޓެލްކޯއިން ނުބުނެ އެވެ.

"މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން،" ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކަރަންޓު ކެނޑުނުތާ 25 ވަރަކަށް މިނެޓު ފަހުން އޮފިޝަލް ވިދާޅުވީ ހިދުމަތް ނުދެވި ވަނީ މާލޭގެ %34 ކަސްޓަމަރުންނަށް ކަމަށެވެ.

މިފަހަކަށް އައިސް ކަރަންޓު މެދުކެނޑުމަކީ އާންމުކޮށް ދިމާވާ މައްސަލައަކަށް ވަނީ ވެފަ އެވެ. މިދިޔަ ޖޫން އަދި ޖުލައި މަހު ވެސް އެކި ފަހަރު މަތިން މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނުއިރު، ޖޫންގައި 6 ގަޑިއިރަށް ކަރަންޓު ދިޔަ މައްސަލަ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ރައީސް މުހައްމަދު މުއިއްޒު ކަމާ ބެހޭ ފަރާތްތަކަށް ވަނީ އަންގަވާފަ އެވެ.

ސްޓެލްކޯއިން ފަހުން ބުނި ގޮތުގައި، އެ ފަހަރު ބޮޑު 'ބްލެކްއައުޓް' އަކަށް ދިޔައީ، ދެ ރަށަށް ކަރަންޓު ދޭން ސިނަމާލެ ބްރިޖުން އަޅާފައިވާ އިންޓަކަނެކްޝަން ކެނޑިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް