ބ. ކެންދޫ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުން. (ފޮޓޯ/ކޮންސްޓްރަކްޝަން މިނިސްޓްރީ)
ކެންދޫ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރަން 119 މިލިއަނަށް އެމްޓީސީސީއަށް
ބ. ކެންދޫގެ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރަން ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ:
-
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު
-
އެމްޓީސީސީގެ އެމްޑީ އަހްމަދު ސައުދީ
ތަފްސީލު - އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 119.3 މިލިއަން ރުފިޔާގެ އަގަކަަށް، 450 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
އެ މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތަކަކީ:
-
ބަނދަރާއި ނެރު ފުންކޮށްގެން 29،854 ކޮޑި މީޓަރުގެ ވެލި ނެގުން
-
112،016 އަކަ މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުން
-
278 މީޓަރުގެ އެއްގަމު ތޮށި ޖެހުން
-
10 މޫރިން ބޮއި ހަރުކުރުން
-
ޖެޓީ އާއި ރޭމްޕު އެޅުން
-
971 މީޓަރުގެ ރިވެޓްމަންޓު، 62 ފައިކަށި އަދި 29 ނެރު ފައިކަށި ޖެހުން
-
9 ބަނދަރު ބައްތި އާއި 2 ނެރު ބައްތި ޖެހުން
-
އެއްގަމު ތޮށި ވަށައިގެން 5 މީޓަރު ފުޅާ ޕޭވްމަންޓް އެޅުން