ބާރު ސްޕީޑުގައި ދުއްވި ކާރުގައި އިން އައިކް
ބާރު ސްޕީޑުގައި ކާރު ދުއްވާފައި، ޕޮލިސް ސައިކަލެއްގައި ޖެއްސި ޒުވާނާ ދޫކޮށްލައިފި
ބާރު ސްޕީޑުގައި ކާރު ދުއްވާފައި، ޕޮލިސް ސައިކަލެއްގައި ޖެއްސި ޒުވާނާ މިއަދު ދޫކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ރޭ ބުނި ގޮތުގައި، ހުޅުމާލެ އާއި ހުޅުމާލެ ދޭއްގައި ރޭ 11 ޖަހާކަންހާއިރު ބާރު ސްޕީޑުގައި، ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް ހުއްޓުވަން އުޅުމުން ވެސް އެ ކާރުގައި ތިބި މީހުން އެކަން ކޮށްފައެއް ނުވެ އެވެ.
ތަފްސީލް - މި މައްސަލާގައި ކާރު ދުއްވަން އިން އައިކް ހައިޝަމް ހަސަން، 18، ހ. ފިލިމާގެ ފުލުހުން ހައްޔަރުކުރި އެވެ. އެކަމަކު ފުލުހުން މިރޭ ބުނި ގޮތުގައި އޭނާ ދޫކޮށްލީ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރުތު ކުރުމަށް ފަހު ކޯޓުންނެވެ.
އައިކްއާ އެކު ކާރުގައި އިން އަންހެން މީހާ ވެސް ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ނަމަވެސް އޭނާ ވެސް ވަނީ ދޫކޮށްލައިފަ އެވެ.
ކާރު މަޑުކުރަން ފުލުހުން ބުނުމުން ވެސް މަޑުނުކޮށް، ފުލުހުންގެ ސައިކަލުގައި ޖައްސައި ވައްޓާލުމުން ފުލުހަކަށް އަނިޔާވި އެވެ. އެކަމަކު ހުޅުމާލެ ހޮސްޕިޓަލްހގައި ފަރުވާ ދިނުމަށް ފަހު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.
ކޮމެންޓް (5)
ސިކުނޑި
އަސްލު ސިކުނޑި
އޮނަހިރި
އިބުރޭ
ހަސަނު