ފިއްލަދޫ މަގު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން - (ފޮޓޯ/ ހައުސިން މިނިސްޓްރީ)
ފިއްލަދޫ މަގުތައް ހަދަން 77 މިލިއަން ރުފިޔާއަށް އާރުޑީސީއާ ހަވާލުކޮށްފި
ހއ. ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ މިއަދު ހަވާލުކޮށް، މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ތަފްސީލް - ހައުސިން މިނިސްޓްރީން ބުނި ގޮތުގައި، އާރުޑީސީއަށް މި މަޝްރޫއު ހަވާލުކުރީ:
-
730 ދުވަސް (2 އަހަރު) ތެރޭގައި ނިންމާ ގޮތަށް
-
މަޝްރޫއުގެ އަގަކީ 77.1 މިލިއަން ރުފިޔާ
ހައުސިން މިނިސްޓްރީން ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ:
-
މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު
-
އާރުޑީސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް