މާވަށުގައި މަރާލި މޫސާ އިބްރާހީމް
އޮޓޯޕްސީއަށް ފަހު މޫސަގެ ހަށިގަނޑު ރާއްޖެ ގެނެސްފި
ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި މޫސާ އިބްރާހިމްގެ ހަށިގަނޑު އިންޑިއާގައި އޮޓޯޕްސީ ހެދުމަށް ފަހު މިރޭ ރާއްޖެ ގެނެސްފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ މަހުގެ 28ގައި މާވަށުގައި ހިންގި މާރާމާރީއެއްގައި މަރުވި މޫސާ، 29، ނަލަހިޔާ/މާވަށް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފަ އެވެ.
އޭނާ މަރާލި ކަމަށް ތުހުމަތުކުރެވޭ މުހައްމަދު އިބްރާހިމް، 29، އަސަރީ މަންޒިލް/ހދ. ނޮޅިވަރަންފަރު ވަނީ ހަމަ އެ ދުވަހު އަމިއްލައަށް ގޮސް ފުލުހުންނާ ހަވާލުވެފަ އެވެ. މޫސަ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ވެސް ފުލުހުން ހޯދީ އޭނާ ދެއްކި ދިމާލުން މޫދު އަޑިންނެވެ.
ތަފްސީލް - މޫސަގެ ހަށިގަނޑު މޯޗަރީގައި އޮންނަތާ ގާތްގަނޑަކަށް 10 ވަރަަކަށް ދުވަސް ފަހުން މިދިޔަ ބުދަ ދުވަހު ވަނީ އޮޓޯޕްސީއަށް އިންޑިއާއަށް ފޮނުވާލާފަ އެވެ.
"މޫސާ އިބްރާހިމްގެ ހަށިގަނޑު އޮޓޯޕްސީ ހެދުމަށް ފަހު މިރޭ ވަނީ މާލެ ގެނެސްފައި،" ފުލުހުން މިރޭ ނޫސްވެރިންނަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.
ފާހަގަކޮށްލެވޭ - އިތުރު ތަހުލީލުތަކަށް މޫސަގެ ހަށިގަނޑު އޮޓޯޕްސީ ހައްދަން ފުލުހުން ބޭނުންވިޔަސް، މާރާލި މީހާ އަމިއްލައަށް ފުލުހުންނާ ހަވާލުވެފައިވާތީ، އެކަން ކުރަން އާއިލާއިން ބޭނުމެއް ނުވެ އެވެ.
ކޮމެންޓް (1)
ސިކުނޑި