ތުރުކީން ރާއްޖެއަށް ހަދިޔާކުރާ މަނަވަރުގައި ހިމެނޭ ހަތިޔާރުގެ ނިޒާމު ދިވެހި ސިފައިންނަށް ކިޔައިދެނީ
ތުރުކީން ހަދިޔާކުރި މިސައިލް ފޮނުވާ މަނަވަރު ރާއްޖެއަށް
ތުރުކީން ރާއްޖެއަށް ހަދިޔާކުރި މިސައިލް ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރު ރާއްޖެ ގެނެސްފި އެވެ.
ވީ ކިހިނެއް؟ - ރާއްޖެ-ތުރުކީ ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ހަދިޔާކުރީ މިސައިލު ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ ޓީސީޖީ ވޯލްކަން، ޕީ-343 މަރުކާގެ މަނަވަރެކެވެ.
ތަފްސީލް - އެ މަނަވަރު މިހާރު އޮތް ކަމަށް ދައްކަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި މަނަވަރު އިފްތިތާހުކުރަން ރަސްމިއްޔާތެއް ވެސް ބާއްވާނެ އެވެ.
ތުރުކީން ވަނީ އެ މަނަވަރުގައި މަސައްކަތްކުރާ ދިވެހި ސިފައިން ތަމްރީންކުރަން މިދިއަ އޭޕްރީލް އާއި މޭމަހު އެ ގައުމުގައި ތަމްރީން ޕްރޮގްރާމެއް ވެސް ހިންގައިފަ އެވެ.
ތުރުކީން ހަދިޔާކުރި މަނަވަރާ ބެހޭ:
-
އެ ބާވަތުގެ މިސައިލް ބޯޓުތައް ނުވަތަ މަނަވަރު ތުރުކީގެ އަސްކަރިއްޔާގައި ބޭނުންކުރަން ފެށީ 1984ގައި
-
މިއީ ހާޕޫން އެންޓި-ޝިޕް މިސައިލްތަކާ އެކު ތުރުކީ ކަނޑުގެ ސިފައިން ބޭނުންކުރަން ފެށި ފުރަތަމަ ބާވަތުގެ މަނަވަރު
-
މިދިޔަ އަހަރުން ފެށިގެން ތުރުކީ އަސްކަރިއްޔާއިން އެ މަނަވަރުތައް ބޭނުން ކުރަމުން ގެންދަނީ ތަފާތު ހަތިޔާރުތައް ޓެސްޓްކުރުމާއި ތަމްރީންތަކުގައި އެކަނި
ކޮމެންޓް (1)
ސިކުނޑު