ސްޓެލްކޯ ބިލްޑިން: މި އަހަރު ދެ ބުރަކަށް މުޅި މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
މާލެ އާއި ހުޅުމާލެއަށް އަލުން ކަރަންޓް ދީފި
މުޅި މާލެ އާއި ހުޅުމާލޭން މިއަދު ކަރަންޓު ކެނޑިއްޖެ އެވެ. ނަމަވެސް މިހާރު ހުރިހާ ތަނަކަށް ކަރަންޓް އަލުން ދީފި އެވެ.
ތަފްސީލް - މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސްޓެލްކޯއިން ބުނީ މާލެ އާއި ހުޅުމާލޭން ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.
"މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މައާފަށް އެދެން،" ސްޓެލްކޯއިން ފުރަތަމަ ބުންޏެވެ.
އެކަމަކު މިހާރު މާލެ އާއި ހުޅުމާލެއަށް އެއްކޮށް ވަނީ ކަރަންޓް ދީފަ އެވެ. މުޅި މައްސަލަ ހައްލުވާން ގާތްގަނޑަކަށް ތިން ގަޑިއެއްހާއިރު ވި އެވެ.
ފާހަގަކޮށްލެވޭ - މިދިޔަ 1 ޖޫންގައި ވެސް މުޅި މާލޭންނާއި ހުޅުމާލޭން ކަރަންޓު ކެނޑުނެވެ. އެ ފަހަރު ކަރަންޓު ދެވުނީ ހަ ގަޑިއިރެއްހާ އިރު ފަހުންނެވެ.
ކޮމެންޓް (2)
އިބުރާ
ހުވަދޫ އަހައްމަދޭ