14 ސެޕްޓެމްބަރު 2024: ހުޅުމާލެ ފޭސް 2ގައިވާ ހިޔާ ފްލެޓްތައް. (ދައުރޮ ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ގެވެށި އަނިޔާގެ މައްސަލައެއްގައި ފްލެޓެއް ފާސް ކުރަނިކޮށް 200 އަށް ވުރެ ގިނަ ވޭޕް ފުޅި
ހިޔާ ފްލެޓެއްގެ ތެރެއިން 200އަށްވުރެ ގިނަ ވޭޕު ފުޅި އަތުލައިގެންފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނިގޮތުގައި މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިއްޔެ ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލައެއްގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެޕާޓުމަންޓެއް ބަލާ ފާސްކުރުމުގެ ތެރެއިންނެވެ.
ތަފްސީލް - ފުލުހުން ބުނިގޮތުގައި:
-
ގެވެށި އަނިޔާގެ މައްސަލަ ހުށަހެޅުނީ ރޭ 9:14 ހާއިރު
-
އެ އެޕާޓުމަންޓު ތެރެއިން 242 ވޭޕު ފްލޭވާ ފުޅި ފެނިފައިވޭ
-
އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ނަގާފައި
ހުށަހެޅުނު ގެވެށި އަނިޔާއާ ގުޅޭ މައްސަލާގެ ތަފްސީލެއް ފުލުހުން ނުދެ އެވެ. އަދި މި މައްސަލާގައި މީހަކު ހައްޔަރުކުރި ކަމަކަށް ވެސް ފުލުހުން ނުބުނެ އެވެ. ނަމަވެސް މި މައްސަލަ ތަހުގީގުކުރާ ކަމަށް ބުންޏެވެ.
ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ 15 ޑިސެމްބަރުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި ވޭޕް އެތެރެކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ވޭޕް ބޭނުންކުރާ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަން ވެސް ގާނޫނުގައި ވަނީ ހިމަނައިފަ އެވެ.
ވޭޕާ ގުޅުން ހުރި އެކި މައްސަލަތަކުގައި މިދިޔަ މަހު 22 މީހަކު ޖޫރިމަނާކޮށްފައި ވެއެވެ. އެގޮތުން ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުން:
-
މިދިޔަ މަހު ވޭޕުކޮށްގެން ކުރި ޖޫރިމަނާގެ ޖުމުލަ: 62،000ރ
-
މިދިޔަ މަހު ވޭޕު ވިއްކައިގެން ނުވަތަ ގަނެގެން ކުރި ޖޫރިމަނާގެ ޖުމުލަ: 7،000ރ
-
މިދިޔަ މަހު ވޭޕު ގެންގުޅެގެން ކުރި ޖޫރިމަނާގެ ޖުމުލަ: 58،000ރ
ކޮމެންޓް (1)
ސުން