އާރުޓީއެލްގެ ފެރީއެއް މާލޭގެ ބަނދަރުގައި.

އާރުޓީއެލް ފެރީ

ބޭސްފަރުވާއަށް އާރުޓީއެލް ފެރީގައި ހިލޭ ދަތުރު ކުރެވޭ ގޮތް ހަދަނީ

އާންމުކޮށް ބޭސްފަރުވާއަށް ދަތުރުކުރަން ޖެހޭ މީހުންނަށް މި ހިދުމަތް ހިލޭ ދޭން ނިންމާފައިވަނީ އެންސްޕާއިން އެހީ ޖަމާވުމުން، ބީއެމްއެލްގެ ދޫކުރާ ހާއްސަ ކާޑެއް މެދުވެރިކޮށް

ގަވާއިދުން ބޭސްފަރުވާއަށް ދަތުރުކުރަން ޖެހޭ މީހުންނަށް އާރުޓީއެލް ފެރީއިން ހިލޭ ދަތުރުކުރެވޭނެ ގޮތް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އެނގުން މުހިންމު - މިހާރު އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވެނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށެވެ.

ބުނީ ކީކޭ؟ - ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ޔާސިރު ވިދާޅުވީ އެކިއެކި ބޮޑެތި ބަލިތަކަށް، ގަވާއިދުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ ގޮތްތަކެއް ކަނޑައަޅަން އެންސްޕާ، އެމްޓީސީސީ އަދި ޓްރާންސްޕޯޓް މިނިސްަޓްރިން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"ކޮންމެ ދުވަހަކު ނުވަތަ އާންމުކޮށް ހިދުމަތް ހޯދަން ބޭނުންވާ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ ގޮތްތަކެއް ކަނޑައަޅަމުން މި ދަނީ،" އޭނާ ވިދާޅުވި އެވެ.

"އެ މީހުންނަށް، އެންސްޕާ މެދުވެރިކޮށް އެހީ ލިބުނީމަ ބީއެމްއެލް މެދުވެރިކޮށް ހާއްސަ ކާޑެއް ދޫކުރަނީ. އެ ކާޑު ބޭނުންކޮށްގެން ދަތުރު ކުރެވޭނެ [މިސާލަކަށް ޑައިލިސިސް ހަދަން ދާ މީހަކާއި އެ މީހެއްގެ އެހީތެރިއަކަށް."

ޔާސިރު ވިދާޅުވީ ވަކި ބަޔަކަށް ހިލޭ ދަތުރުކުރަން ލިބޭތީ ބައެއް މީހުންގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށާއި ހަމަހަމަކޮށް އެކަން ކުރެވޭނެ ގޮތެއް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށެވެ.

އެނގުން މުހިންމު - ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ރާއްޖެ ގުޅާލުމަށް ފަރުމާކޮށްފައިވާ އިންޓަގްރޭޓެޑް ޕަބްލިކް ފެރީ ނެޓްވޯކު، އާރުޓީއެލް މަޝްރޫއުގެ ދަށުން ހިދުމަތް ދޭން ނިންމާފައިވަނީ ހަ ޒޯނަކަށް ބަހާލައިގެންނެވެ.

  • މިހާރު މި ހިދުމަތް ދެނީ ހއ.، ހދ.، ށ. ހިމެނޭ ޒޯނުގެ އިތުރުން ނ.، ރ.، އަދި ބ.ގެ އިތުރުން ޅ. އަތޮޅުގެ ޒޯނު އަދި އެންމެ ދެކުނުން ގއ.، ގދ.، ފުވައްމުލައް އަދި އައްޑޫގައި 

  • މިހާރު މި ހިދުމަތް ދޭ އަތޮޅުތަކުގެ ޖުމުލަ އަދަދަކީ 11

ކޮމެންޓް (2)

އާކަމެއްނޫން

4 އޯގަސްޓު 2025
ޓަކަޓަކަ ފެރީ އޮތް އިރުވެސް ދާއިމީބަލިތަކަށް ފަރުވާހޯދާ މީހުނަށް ހިލޭ ދަތުރުކުރެވޭ.
0 0

އާދަމް އާޒިމް

3 އޯގަސްޓު 2025
ހިލޭ ދަތުރުކުރެވޭމީހުން ގިނަވެގެންގޮސް މިހާރު ފައިސާ ދައްކައިގެން ދަތުރުކުރަންޖެހޭ މީހެއްނެތް.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް