އޯއައިސީ އިސްލާމިކް ސަމިޓެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރާއްޖެ ތަމްސީލްކުރައްވަނީ - (ފޮޓޯ/ އިސްލާމިކް މިނިސްޓްރީ)

އިޒްރޭލާއި ފަލަސްތީން މައްސަލައިގެ ބައްދަލުވުމަށް ޝަހީމަށް ވިސާ ނުދީ އެމެރިކާއިން ހިފަހައްޓައިފި

އދ.ގެ މައި މަރުކަޒުގައި އިއްޔެ ފެށި 'ހައި-ލެވަލް އިންޓަނޭޝަނަލް ކޮންފަރެންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން'ގައި ރާއްޖެ ތަމްސީލް ކުރައްވާ ގޮތަށް އޮތީ މިނިސްޓަރު ޝަހީމް

އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް އދ.ގެ އެންމެ މަތީ ފަންތީގައި ބާއްވާ ބައްދަލުވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އެމެރިކާއަށް ވަޑައިގަންނަވަން ހުށަހެޅުއްވި ވިސާއަށް ހުއްދަ ނުދީ އެ ގައުމުން ހިފަހައްޓައިފި އެވެ.

ވީކިހިނެއް؟ - އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި އިއްޔެ ފެށި "ހައި-ލެވަލް އިންޓަނޭޝަނަލް ކޮންފަރެންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން"ގައި ރާއްޖެ ތަމްސީލްކުރައްވާ ގޮތަށް އޮތީ ޝަހީމެވެ.

ނަމަވެސް އެ ބައްދަލުވުމުގައި މިހާރު ރާއްޖެ ތަމްސީލްކުރައްވަނީ އދ.އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.

ތަފްސީލް - އެކި މަސްދަރުތަކުން ކަށަވަރުކޮށްދިން ގޮތުގައި، ޝަހީމަށް ވަޑައިނުގަނެވުނީ ވިސާއަށް ހުއްދަ ނުދީ ހިފަހައްޓާފައި އޮތުމުންނެވެ. އެ ގޮތުން:

  • އާންމު އުސޫލުން ޝަހީމް ވިސާ އެޕްލިކޭޝަން ހުށަހެޅުއްވީ ސްރީ ލަންކާގައި ހުންނަ އެމެރިކާ އެމްބަސީއަށް

  • މިހާތަނަށް އައި އިރު ވެސް ޝަހީމްގެ ވިސާ އެޕްލިކޭޝަނަށް ވަކި ޖަވާބެއް ލިބިފައެއް ނުވޭ

ވިސާ ބަލައިނުގަންނަ ނަމަ ނުވަތަ ރިޖެކްޓްކުރާ ހާލަތުގައި ވެސް އެކަން އެ މީހަކަށް އަންގާނެ އެވެ. އެހެންވެ ބޮޑަށް ބެލެވެނީ އެ ބައްދަލުވުމުގައި ބައިވެރިނުވެވޭ ގޮތަށް މި ވަގުތަށް ވިސާއަށް ހުއްދަ ނުދީ ހިފަހައްޓާފައިވާ ކަމަށެވެ.

މި މައްސަލާގައި ޝަހީމްގެ ބަހެއް ހޯދުމަށް ގުޅުމުން އޭނާ ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ކޮމެންޓް (1)

އިމްރާން

30 ޖުލައި 2025
ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ އިސްރާފުވިއަނުދީ ހިފެހެއްޓީތީވެ އެމެރިކާއަށް ޝުކުރިއްޔާ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް