ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު (އެޗްޕީއެސްއެން)ގައި ދިރިއުޅޭ މީހުންނަށް ހުޅުމާލެ ދައްކާލުން. (ފޮޓޯ/އެޗްޑީސީ)

އެޗްޑީސީ

ގުރައިދޫ މަރުކަޒުގެ މީހުން މުޖުތަމައަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް

ަހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ދިރިއުޅޭ 17 ފަރާތެއް ހުޅުމާލެއަށް ގެނެސް، އެ މީހުންނަށް ހުޅުމާލެ ދައްކާލައި ބެލެނިވެރިކަމުގެ ދަށުން އާންމު ދިރިއުޅުމުގައި ބައިވެރިވެ އެކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު އެޗްޑީސީން ފަހިކޮށްދިން
29 ޖުލައި 2025

އެޗްޑީސީ އާއި ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާ ގުޅިގެން، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު (އެޗްޕީއެސްއެން)ގައި ދިރިއުޅޭ ފަރާތްތައް މުޖްތަމައަށް އަހުލުވެރިކޮށް، ރީއިންޓަގްރޭޓް ކުރުމުގެ ޕްރޮގްރާމެއް އިއްޔެ ކުރިއަށް ގެންގޮސްފި އެވެ.

ވީ ކިހިނެއް؟ - މިއީ، އެޗްޕީއެސްއެންގައި ދިރިއުޅޭ ފަރާތްތައް އަނބުރާ މުޖްތަމައުއަށް ދޫކޮށްލުމުގެ ކުރިން، އެ މީހުން މުޖްތަމައަށް އަހުލުވެރި ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް، އެޗްޑީސީގެ ފަރާތުން އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

  • ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު (އެޗްޕީއެސްއެން)ގައި ދިރިއުޅޭ މީހުންނަށް ހުޅުމާލެ ދައްކާލުން. (ފޮޓޯ/އެޗްޑީސީ)

ތަފްސީލް - މި ޕްރޮގްރާމްގެ ދަށުން:

  • ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ދިރިއުޅޭ 17 ފަރާތެއް ހުޅުމާލެއަށް ގެނެސް، އެ މީހުންނަށް ހުޅުމާލެ ދައްކާލައި ބެލެނިވެރިކަމުގެ ދަށުން އާންމު ދިރިއުޅުމުގައި ބައިވެރިވެ އެކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު އެޗްޑީސީން ފަހިކޮށްދިން

  • މުޅި ހުޅުމާލެ ދައްކާލުމަށް ޓުއާއެއް ކުރިއަށްގެންދިޔަ

  • އާއިލީ މާހައުލެއްގައި ކެއުމުގެ އިންތިޒާމުތައް ކުރިއަށް ގެންދިއުމުގެ ގޮތުން ހުޅުމާލޭގައި ދިރިއުޅޭ ބައެއް އާއިލާތަކާ އެކު މެންދުރު ކެއުން ބޭއްވި

  • އާންމުންނާ އެކުގައި، ޖަމާއަތުގައި ނަމާދު ކުރުމުގެ ފުރުސަތު ވެސް އެ މީހުންނަށް ފަހިކޮށްދިން

  • ދުވަސް އެއްކޮށް ނިންމާލީ ހަވީރުގެ ސަޔާ އެކު، ސެންޓްރަލް ޕާކުގައި ހާއްސަ ހަރަކާތްތަކާ އެކު

މި ދަތުރު ނިންމާލީ، އެޗްޑީސީން ބުނި ގޮތުގައި، އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން މިވަގުތު މަރުކަޒުގައި ތިބި ފަރާތްތަކަށް ޒަރޫރީ ބައެއް ސާމާނު ހަދިޔާކުރުމާ އެކުގަ އެވެ.

  • ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު (އެޗްޕީއެސްއެން)ގައި ދިރިއުޅޭ މީހުންނަށް ހުޅުމާލެ ދައްކާލުން. (ފޮޓޯ/އެޗްޑީސީ)
  • ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު (އެޗްޕީއެސްއެން)ގައި ދިރިއުޅޭ މީހުންނަށް ހުޅުމާލެ ދައްކާލުން. (ފޮޓޯ/އެޗްޑީސީ)
  • ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު (އެޗްޕީއެސްއެން)ގައި ދިރިއުޅޭ މީހުންނަށް ހުޅުމާލެ ދައްކާލުން. (ފޮޓޯ/އެޗްޑީސީ)

އެނގުން މުހިންމު - ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ދިރިއުޅޭ ފަރާތްތައް އިއްޔެ ހުޅުމާލެއަށް ކުރި ދަތުރުގެ ކުރިން، ހެލްތު މިނިސްޓްރީގެ މެންޓަލް ހެލްތު ޑިޕާޓްމެންޓްގެ ބޭފުޅުންނާ އެކު އެޗްޑީސީގެ މުވައްޒަފުން އަދި މެނޭޖްމަންޓުން ވަނީ މިދިޔަ ހަފްތާގައި ގުރައިދޫ މަރުކަޒުގެ ހާލަތު ބަލާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް