މާވަށުގައި މަރާލި ޒުވާނާ؛ މޫސާ އިބްރާހީމް

މާރާމާރީ

މާވަށުގައި ޒުވާނާއަށް ހަމަލާދިން ކަމަށް ބެލެވޭ ވަޅި މޫދު އަޑިން ހޯދައިފި

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި މީހާއަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް

ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މިއަދު މަރާލި މައްސަލައިގައި އެ ހަމަލާދޭން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި، މޫދު އަޑިން ފުލުހުން ހޯދައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ހެނދުނު އެ ރަށުގައި ހިނގި މާރާމާރީގެ ތެރެއިން މަރާލާފައިވަނީ މޫސާ އިބްރާހީމް، 29، ނަލަހިޔާ/މާވަށް އެވެ. ފުލުހުން ބުނީ:

  • މި ހާދިސާގެ ރިޕޯޓް ފުލުހަށް ލިބުނީ ހެނދުނު 10 ޖަހާކަށް ހާއިރު

  • އަނިޔާވެގެން މޫސާ އިބްރާހީމް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި

ތަފްސީލު - "ހަމަލާ ދިނުމުގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި، ފުލުހުންގެ ޓީމެއް މޫދަށް ފީނައިގެން ވަނީ ހޯދާފައި،" ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައިގެ ތުހުމަތުގައި މުހައްމަދު އިބްރާހިމް، 29، އަސަރީ މަންޒިލް/ހދ. ނޮޅިވަރަންފަރު ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން މިއަދު ބުނީ އޭނާއަކީ މަސްތުވާތަކެތީގެ ރިކޯޑު އޮންނަ މީހެއް ކަމަށެވެ.

އެނގުން މުހިންމު - މާވަށުން މަންޒަރު ދުށް މީހަކު 'ދައުރު'އަށް ކިޔައިދިން ގޮތުގައި، ހެނދުނު މާރާމާރީ ހިންގީ ދެ ޒުވާނެއްގެ ދެމެދުގަ އެވެ.

މާރާމާރީގެ ތެރެއިން މޫސާ އިބްރާހީމަށް ހަމަލާ ދިނީ ވަޅިއަކުންނެވެ. ވަޅި ޖެހީ އޭނާގެ ކަރަށެވެ.

އެ ދެ ޒުވާނުންނަކީ ވެސް ކުށުގެ ވެށީގައި އުޅޭ ދެ ޒުވާނުން ކަމަށް އެ ރަށު އެހެން މީހަކު ބުންޏެވެ. އެގޮތުން:

  • މުހައްމަދު އިބްރާހިމް މާވަށުގައި ދިރިއުޅެން ފެށީ އެ ރަށު މީހަކާ ކައިވެނިކޮށްގެން

  • މިހާރު ވަރިވެފައި ތިބި ނަމަވެސް އޭނާ ދޭތެރެއަކުން މާވަށަށް ގޮސްއުޅޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް