މާވަށުގައި މަރާލި މޫސާ އިބްރާހީމް.
މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލައިފި
ލ. މާވަށުގައި ތޫނު އެއްޗަކުން މިއަދު ހަމަލާދީ، ޒުވާނަކު މަރާލައިފި އެވެ.
ވީކިހިނެއް؟ - މިއަދު ހެނދުނު އެ ރަށުގައި ހިނގި މާރާމާރީގެ ތެރެއިން މަރާލާފައިވަނީ މޫސާ އިބްރާހީމް، 29، ނަލަހިޔާ/މާވަށް އެވެ.
ތަފްސީލް - ފުލުހުން ބުނީ:
-
މި ހާދިސާގެ ރިޕޯޓް ފުލުހަށް ލިބުނީ ހެނދުނު 10 ޖަހާކަށް ހާއިރު
-
އަނިޔާވެގެން މޫސާ އިބްރާހީމް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި
މާވަށުން މަންޒަރު ދުށް މީހަކު 'ދައުރު'އަށް ކިޔައިދިން ގޮތުގައި، ހެނދުނު މާރާމާރީ ހިންގީ ދެ ޒުވާނެއްގެ ދެމެދުގަ އެވެ.
މާރާމާރީގެ ތެރެއިން މޫސާ އިބްރާހީމަށް ހަމަލާ ދިނީ ވަޅިއަކުންނެވެ. ވަޅި ޖެހީ އޭނާގެ ކަރަށެވެ.
ފުލުހުން ވެސް ދެންމެ ބުނި ގޮތުގައި:
-
މިއީ ދެ މީހުންގެ ދެމެދުގައި ހިންގި މާރާމާރީއެއް
-
މި މައްސަލައިގެ ތުހުމަތުގައި މުހައްމަދު އިބްރާހިމް، 29، އަސަރީ މަންޒިލް/ހދ. ނޮޅިވަރަންފަރު ވަނީ ހައްޔަރުކޮށްފައި
އެނގުން މުހިންމު - އެ ދެ ޒުވާނުންނަކީ ވެސް ކުށުގެ ވެށީގައި އުޅޭ ދެ ޒުވާނުން ކަމަށް އެ ރަށު އެހެން މީހަކު ބުންޏެވެ. އެގޮތުން:
-
މުހައްމަދު އިބްރާހިމް މާވަށުގައި ދިރިއުޅެން ފެށީ އެ ރަށު މީހަކާ ކައިވެނިކޮށްގެން
-
މިހާރު ވަރިވެފައި ތިބި ނަމަވެސް އޭނާ ދޭތެރެއަކުން މާވަށަށް ގޮސްއުޅޭ
ކޮމެންޓް (1)
މެހެރު