ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް.
އާ ޓާމިނަލް ހުޅުވައިފި؛ ވީއައިއޭގެ ތާރީހީ އާ ސަފުހާއެއް
އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް މިރޭ ރަސްމީކޮށް ހުޅުވައިފި އެވެ.
ވީ ކިހިނެއް؟ - މިރޭ ވީއައިއޭގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި އާ ޓާމިނަލް ހުޅުވައިދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.
އާ ޓާމިނަލް ރަސްމީކޮށް ހުޅުވީ މަސައްކަތް ފެށިތާ 9 އަހަރު ފަހުންނެވެ. މިއީ ރާއްޖޭގައި މިހާތަނަށް ސަރުކާރުން ހިންގި އެންމެ ބޮޑު މަޝްރޫއު އެވެ.
ތަފްސީލު - އާ ޓާމިނަލް ހުޅުވުމަށްފަހު އެ ތަން ފުރަތަމަ ބޭނުންކުރާނީ ގައުމީ އެއާލައިން މޯލްޑިވިއަނުންނެވެ.
އިތުރު އެއާލައިންތަކުގެ އޮޕަރޭޝަން ބަދަލުކުރުން ބަހާލާފައިވަނީ މައިގަނޑު ދެ ފިޔަވައްސަކަށެވެ. ޖުލައި އާއި އޮގަސްޓުގައި ކުރިއަށްގެންދާ ފުރަތަމަ ފިޔަވަހީގައި އާ ޓާމިނަލަށް އޮޕަރޭޝަންތައް ބަދަލުކުރާނީ ގިނަ ފެސިލިޓީތަކުގެ ބޭނުން ނުކުރާ، ކުދި އެއާލައިންތަކެވެ. އެއީ، ތަފާސްހިސާބުތަކަށް ބަލާއިރު، އޮޕަރޭޓުކުރާ ފްލައިޓްތަކުގެ ތިންބައިކުޅަ އެއް ބައި އަދި އެއާޕޯޓުން ލަފާފުރާ ފަސިންޖަރުންގެ %12 އެވެ.
ފުރަތަމަ ފިޔަވަހީގައި އާ ޓާމިނަލަށް އޮޕަރޭޝަންތައް ބަދަލުކުރާ އެއާލައިންތަކަކީ:
-
މޯލްޑިވިއަން
-
ޗޮންޖިން އެއާލައިންސް
-
ބިއޯންޑް
-
ޒައިމެން އެއާ
-
އޮމާން އެއާ
-
ފިޓްސް އޭވިއޭޝަން
-
ޔޫއެސް ބަންގްލާ އެއާލައިންސް
-
އެއާ އެރޭބިއާ
-
ބެންކޮކް އެއާވޭސް
-
ބެޓިކް އެއާ
އިތުރު ޓެސްޓިން މަރުހަލާތަކާއި ކޮމާޝަލް ތަންތަނާއި ލައުންޖުތައް އެއްކޮށް ހުޅުވަން ތައްޔާރުކޮށް، ބާކީ ހުރި ހުރިހާ އެއާލައިންތައް ދެ ވަނަ ފިޔަވަހީގެ ދަށުން ބަދަލުކުރަން ފަށާނީ ސެޕްޓެމްބަރުގަ އެވެ
ވީއައިއޭގެ އާ ޓާމިނަލް
-
ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ މެއި 2016ގައި
-
އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެން
-
350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ): ފުރަތަމަ ލަފާކުރި އަދަދު
-
457 މިލިއަން ޑޮލަރު (7 ބިލިއަން ރުފިޔާ): މިހާރު އަރާނެ ކަމަށް ލަފާކުރެވޭ އަދަދު
-
7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް
-
40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު
-
ފްލައިޓަށް އަރާފައިބަން އެއިރޯ ބްރިޖުތައް ގާއިމް ކުރާނެ
ކޮމެންޓް (1)
ގަސަމް