ހުޅުމާލޭ ފޭސް 1ގެ ޗެނަލް ސަރަހައްދުގައި މުރަކަ އާލާކުރުމުގެ ހަރަކާތް ކުރިއަށްގެންދަނީ. (ފޮޓޯ/އެޗްޑީސީ)

ހުޅުމާލެ

ހުޅުމާލޭ ފޭސް 1ގެ ޗެނަލް ސަރަހައްދުގައި މުރަކަ އާލާކުރަނީ

އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މުރަކަ އާލާކުރުމުގެ ހަރަކާތުގެ ދަށުން، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޗެނަލް ޕާކުގައި އިތުރު މުރަކަ އިންދާނެ
23 ޖުލައި 2025

ހުޅުމާލޭ ފޭސް 1ގެ ޗެނަލް ސަރަހައްދުގައި މުރަކަ އާލާކުރުމުގެ ހަރަކާތެއް އެޗްޑީސީން އިއްޔެ ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެޗްޑީސީން ބުނި ގޮތުގައި، އެ ހަރަކާތް ފެށީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަދި މޯލްޑިވްސް މެރިން އިންސިޓްޓިއުޓް (އެމްއެމްއާރްއައި)އާ ގުޅިގެންނެވެ.

ތަފްސީލް - މި ޕްރޮގްރާމުގެ ދަށުން: 

  • ހުޅުމާލޭގެ އިރުމަތީ ފަރުން ވަކި ބާވަތެއްގެ މުރަކަ ނަގައިގެން، ފޭސް 1ގެ ޗެނަލްގައި މުރަކަ އިންދުމުގެ ހަރަކާތް އިއްޔެ ހަވީރު ކުރިއަށްގެންދިޔަ

  • އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލްގެ އިތުރުން އީޕީއޭ އަދި އެމްއެމްއާރްއައިގެ އިސްވެރިން ވަނީ އިއްޔެ އެ ސަރަހައްދަށް ޒިޔާރާތްކުރައްވައި މުރަކަ އިންދުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންފައި

  • ހުޅުމާލޭ ފޭސް 1ގެ ޗެނަލް ސަރަހައްދުގައި މުރަކަ އާލާކުރުމުގެ ހަރަކާތް ކުރިއަށްގެންދަނީ. (ފޮޓޯ/އެޗްޑީސީ)
  • ހުޅުމާލޭ ފޭސް 1ގެ ޗެނަލް ސަރަހައްދުގައި މުރަކަ އާލާކުރުމުގެ ހަރަކާތް ކުރިއަށްގެންދަނީ. (ފޮޓޯ/އެޗްޑީސީ)
  • ހުޅުމާލޭ ފޭސް 1ގެ ޗެނަލް ސަރަހައްދުގައި މުރަކަ އާލާކުރުމުގެ ހަރަކާތް ކުރިއަށްގެންދަނީ. (ފޮޓޯ/އެޗްޑީސީ)

ބުނީ ކީކޭ؟ - އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މުރަކަ އާލާކުރުމުގެ ހަރަކާތުގެ ދަށުން، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޗެނަލް ޕާކުގައި އިތުރު މުރަކަ އިންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އޭގެ ބޭނުމަކީ، އެ ކުންފުނިން ބުނި ގޮތުގައި، އެކި ކަހަލަ މޫދުގެ ދިރުންތައް އެ ސަރަހައްދުގައި އާލާކުރުމެވެ.

"މިތަނުގައި މަސްތަކާއި ކަނޑުގެ ދިރުން އާލާކޮށް، ކަނޑުއަޑީގެ ބަގީޗާއެއް ހެދުން އަމާޒަކީ،" ހުޅުމާލޭ ފޭސް އެކެއްގެ ޗެނަލް ޕާކުގައި މުރަކަ އިންދުމަށް ބޭއްވި ހަރަކާތުގެ ތެރެއިން މައުރޫފް ވިދާޅުވި އެވެ.

މުރަކަ އާލާކުރުމުގެ ހަރަކާތުގެ ތެރެއިން މައުރޫފް ވާހަކަދައްކަވަނީ. (ފޮޓޯ/އެޗްޑީސީ)

އިތުރު އާޓިކަލް

އިތުރު އާޓިކަލް