ކޮމަންވެލްތުގެ އެސްޖީ ޝާލީ އަޔޯކޯ ބޮޗްވޭއާ، ރައީސް މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

ކޮމަންވެލްތުގެ އެސްޖީއާ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުވުމަކީ ރާއްޖެ އާއި ކޮމަންވެލްތާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ހަރުދަނާކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް

ރައީސް މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ތަފްސީލް - ރައީސް އޮފީހުން ބުނިގޮތުގައި އެ ބައްދަލުވުމުގައި ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ގިނަ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެ އެވެ. އެގޮތުން، ޑިމޮކްރެސީ އާއި ހެޔޮ ވެރިކަން، ވިޔަފާރި އާއި ވުނަކުރުން، އަދި މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދެމެހެއްޓެނިވި ތަރައްގީއާ ގުޅުންހުރި ދާއިރާތަކުން މަޝްވަރާކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ.

މުހިންމު ދާއިރާތަކުން ރާއްޖެއަށް ކޮމަންވެލްތުން ދެމުން އަންނަ އެހީތެރިކަން ކުރިއަށް އޮތްތާގައި ވެސް ދޭނެ ކަމުގެ ޔަގީންކަން އެސްޖީ ދެއްވި އެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ:

  • ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ މެދުގައި އިސްކަންދޭ ކަންކަމަށް ބައިނަލްއަގުވާމީ މަސްރަހުގައި ވަކާލާތުކުރުމުގައި ރާއްޖެއިން އަދާކުރާ އިސް ދައުރު ފާހަގަކުރައްވާފައި 

  • 2040 ވަނަ އަހަރާ ހަމައަށް ތަރައްގީވެފައިވާ ގައުމެއްގެ ދަރަޖައަށް ރާއްޖެ ގެންދިއުމުގެ ގައުމީ ތަސައްވުރު ކުރިއަށް ގެންދިއުމުގައި، ކޮމަންވެލްތުން ދޭ އެއްބާރުލުމުގެ މުހިންމުކަން ފާހަގަކުރެއްވި

ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުވުމަކީ ރާއްޖެއާއި ކޮމަންވެލްތާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ހަރުދަނާކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް