ޖިންސީ ގޯނާއާ ދެކޮޅަށް 29 ޖޫން 2020ގައި މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން (ދައުރު ފައިލް ފޮޓޯ/މާޝާ ނައީމް)

ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

ފުލުހުން ބުނީ އެ މައްސަލާގައި ތުހުމަތުކުރެވެނީ ކުއްޖާއަށް އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކަށް ކަމަށް

ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ތަފްސީލް - ފުލުހުން މިރޭ ބުނިގޮތުގައި ބަލަމުންދަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. 

މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ މެންދުރު 12:35 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ އެ ރަށު ޕޮލިސް ސްޓޭޝަނާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.

އެ މައްސަލާގައި ތުހުމަތުކުރެވޭ މީހާ މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް