ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު - (ފޮޓޯ/ ރައީސް އޮފީސް)

އަބްދުﷲ ހަމީދު

ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު އަބްދުﷲ ހަމީދާ ހަވާލުކުރަނީ

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އަންނަ ހޯމަދުވަހު ރިޓަޔާކުރައްވަން ވަނީ ހަމަޖައްސާފައި

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އަންނަ ހޯމަދުވަހު ރިޓަޔާކުރައްވާތީ، ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދުއަށް ހަވާލުކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އުއްތަމަ ފަނޑިޔާރުގެ ރިޓަޔާކޮށްދިނުމަށް ހުށަހެޅުއްވީ މިދިޔަ 8 މެއިގަ އެވެ. އެ ކަމާ މެދު ގޮތެއް ނިންމީ މިއަދު ޖޭއެސްސީން ބޭއްވި ކޮމިޝަނުގެ ބައްދަލުވުމުގަ އެވެ.

ތަފްސީލް - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި ކޮމިޝަންގެ ބައްދަލުވުމުގައި ނިންމީ އަންނަ ހޯމަދުވަހު އުއްތަމަ ފަނޑިޔާރު ރިޓަޔާކޮށް، އެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވަން ދެން ހަމީދަށް ސުޕްރީމް ކޯޓުގެ ހިންގުން ހަވާލުކުރުމަށެވެ.

އެނގުން މުހިންމު - އަބްދުﷲ ހަމީދު ސުޕްރީމް ކޯޓަށް އައްޔަންކުރީ މިދިޔަ 11 ޖޫންގަ އެވެ. އެއީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމުން އެ ކޯޓުގެ ބެންޗުން މި ފަހުން ހުސްވި ދެ ގޮނޑިއަށެވެ.

އަބްދުﷲ ހަމީދުގެ ތައާރަފެއް

  • ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލްކުރެއްވީ މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީން

  • ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވި

  • ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވީ 14 އަހަރާއި ހަ މަސް ވަންދެން

  • ހައި ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރީ ދައުލަތުން ބަލާ އާންމު އުސޫލުން ބޭރުން ފްލެޓެއް ބައްލަވައިގަތްކަމަށް ތުހުމަތުވާ މައްސަލައެއްގައި ޖޭއެސްސީން އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން މަޖިލީހުން ފާސްކޮށްގެން

ކޮމެންޓް (1)

އަފްސީން

19 ޖުލައި 2025
"ހައި ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރީ ދައުލަތުން ބަލާ އާންމު އުސޫލުން ބޭރުން ފްލެޓެއް ބައްލަވައިގަތްކަމަށް ތުހުމަތުވާ މައްސަލައެއްގައި ޖޭއެސްސީން އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން މަޖިލީހުން ފާސްކޮށްގެން" ނަހަމަ ގޮތުގައި މުދާ ހޯދާ އެއްކުރުމަށް ނުހަނު ލޯބިކުރައްވާ ބޭފުޅެއް. ޝަރުތު މާބޮޑަށްވެސް ހަމަވޭ .. މާތް ބޭފުޅެއް ..
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް