ރައީސް މުއިއްޒު މިއަދު، އިނގިރޭސި ރަސްގެފާނު ޗާލްސްއާ ކުރެއްވި ބައްދަލުވުމުގެ ތެރެއިން - (ފޮޓޯ/ ރައީސް އޮފީސް)
އިނގިރޭސި ރަސްގެފާނު ޗާލްސްއާ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް (ތިންވަނަ) އާއި ރައީސް މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފި އެވެ.
ތަފްސީލް - މިދިޔަ އަންގާރަ ދުވަހުން ފެށިގެން ރައީސް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރަސްގެފާނު ޗާލްސްއާ ބައްދލުކުރެއްވީ ވިންޑްސާ ކާސަލްގަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ ބައްދަލުވުމަކީ "ޕްރައިވެޓް އޯޑިއެންސްއެއް" ގޮތަށް ކުރިއަށްދިޔަ ބައްދަލުވުމެކެވެ. އޭގެ މާނައަކީ ދެ ގައުމުގެ ސަރުކާރުގެ ފަރާތުން އިތުރު ބަޔަކު ވެސް ބައިވެރިނުވާ ގޮތަށް ހަމައެކަނި ދެ ބޭފުޅުން ކުރެއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.