ނ. ފޮއްދޫގައި ބަނދަރު ހެދުމުގެ މަސައްކަތް ފެށުން. (ފޮޓޯ/އެމްޓީސީސީ)

ބަނދަރު ހެދުން

ފޮއްދޫ ބަނދަރުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި

މިއީ 49.77 މިލިއަން ރުފިޔާގެ މަޝްރޫއެއް
9 ޖުލައި 2025

ނ. ފޮއްދޫ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.

ތަފްސީލް - 49.77 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން:

  • 30,648 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަ ބޭސިން ފުންކުރާނެ 

  • 3,990 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރާނެ 

  • 145 މީޓަރުގެ ބޭރުތޮށި ލާނެ

  • 165 މީޓަރުގެ ރިވެޓްމަންޓް ޖަހާނެ

  • 130 މީޓަރުގެ އެއްގަމުތޮށި ލާނެ

  • 125 މީޓަރު ދިގު 6 މީޓަރު ފުޅާ ޖެޓީއެއް ހަދާނެ 

  • 600 އަކަމީޓަރުގެ ޕޭވްމަންޓް ހަދާނެ

  • ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރާނެ

ނ. ފޮއްދޫގައި ބަނދަރު ހެދުމުގެ މަސައްކަތް ފެށުން. (ފޮޓޯ/އެމްޓީސީސީ)
ނ. ފޮއްދޫގައި ބަނދަރު ހެދުމުގެ މަސައްކަތް ފެށުން. (ފޮޓޯ/އެމްޓީސީސީ)

އެނގުން މުހިންމު - 504 މީހުންގެ އާބާދީއެއް ދިރިއުޅޭ ފޮއްދޫ ރައްޔިތުން އާއްމުކޮށް މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ ދާއިރާގަ އެވެ. އެގޮތުން، އެ ރަށުގައި 5 ގެސްޓްހައުސް މިވަގުތު ހިންގަ އެވެ.

"ނަމަވެސް، ބަނދަރެއް ނެތުމުގެ ސަބަބުން، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެ ނޫން މީހުން ލަފާފުރުމަށް ބޭނުންކުރަނީ ހަމައެކަނި ހުޅަނގު މޫސުމުގައި ބޭނުންކުރެވޭ ޖެޓީއެކެވެ،" އެމްޓީސީސީން ނެރުނު ބަޔާނެއްގައިވެ އެވެ.

"މިއަދު އަމަލީ މަސައްކަތް ފެށުނު ބަނދަރުގެ މަސައްކަތް ނިމުމާ އެކު ތަނަވަސް ބަނދަރެއް ލިބި، ރަށަށް އަންނަ ފަތުރުވެރިންނާއި އެ ނޫން މީހުންނަށް އެކަމުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ."

ނ. ފޮއްދޫގައި ބަނދަރު ހެދުމުގެ މަސައްކަތް ފެށުން. (ފޮޓޯ/އެމްޓީސީސީ)
ނ. ފޮއްދޫގައި ބަނދަރު ހެދުމުގެ މަސައްކަތް ފެށުން. (ފޮޓޯ/އެމްޓީސީސީ)

ފާހަގަކޮށްލެވޭ - މިދިޔަ 44 އަހަރު ތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާ އެކު ނިންމާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް