ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ފުލުހަކު ވަންނަނީ (ދައުރު ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ފުލުހުން

ފުލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލަ ބަލަނީ

ށ. މިލަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ އެ ފުލުހުން މި މައްސަލައިގެ ތަހުގީގަށް މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނި

ށ. މިލަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ތަފްސީލް - ފުލުހުން މިރޭ ބުނިގޮތުގައި އެ ފުލުހުންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް އެ ފުލުހުން މާލެ ގެނެސްފައިވާ ކަމަށް ވެސް ބުންޏެވެ.

އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި މި މައްސަލައިގައި ހިމެނެނީ ކިތައް ފުލުހުން ކަމެއް ވެސް ނުބުނެ އެވެ.

ކޮމެންޓް (1)

ތެފައާސާ.

9 ޖުލައި 2025
ކޮރަޕްޝަނާ ރިޝްވަތުގެ މައްސަލަތައް ބަލަންތިބި މީހުންގެ ފެންވަރު.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް