ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް(ކ) ކެބިނެޓް ބައްދަލުވުމެއްގައި(ފައިލް ފޮޓޯ/ ރައީސް އޮފީސް)

ކައުންސިލް އިމާރާތްތައް އެޅުމަށް ހެކްސްޓާއާ އެކު ހެދި އެއްބަސްވުން ބާތިލްކޮށްފި

ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އެއްބަސްވުން ބާތިލްކުރި ނަމަވެސް އެ ކުންފުންޏަށް އެ ކަމާ ގުޅިގެން ބަދަލެއް ދޭކަށް ނުޖެހޭ ކަމަށް

ޖުމްލަ 55 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމަށް، މެލޭޝިއާގެ ހެކްސްޓާ ގްލޯބަލްއާ އެކު ހެދި އެއްބަސްވުން ބާތިލްކޮށްފައިވާ ކަމަށް ލޯކަލް ކައުންސިލް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީކިހިނެއް؟ - ހެކްސްޓާއާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ޖެނުއަރީގަ އެވެ. އެ ގޮތުން:

  • އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ ދެ އަހަރު ތެރޭގައި ނިންމާ ގޮތަށް

  • މިއީ 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ)ގެ މަޝްރޫއެއް

އެއްބަސްވުން ބާތިލްކުރި ކަމަށް ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ތަފްސީލް - އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އެއްބަސްވުން ބާތިލްކުރީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައިނުގަތުމުންނެވެ. އަދި އެއްބަސްވުން ބާތިލްކުރި ނަމަވެސް އެ ކުންފުންޏަށް އެ ކަމާ ގުޅިގެން ބަދަލެއް ދޭކަށް ނުޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ކައުންސިލް އިމާރާތް އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް، މިމަސައްކަތް އެހެން ދިވެހި ކުންފުންޏަކާ ޙަވާލުކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން،" މިނިސްޓަރު ލިޔުއްވާފައިވެ އެވެ.

އެ މަސައްކަތް ދެން ހަވާލުކުރާނެ ކުންފުންޏެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

ކޮމެންޓް (1)

ނަމްބެ

6 ޖުލައި 2025
ހަމަ އެއްތާކު މިޖެހެނީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް