ވިލުފުށި ފަޅު ތެރޭގައި އޮތް ތެޔޮ ބޯޓެއް އަނދައި ވަރަށް ބޮޑަށް ހުލިވެފައި - (ފޮޓޯ/ އެމްއެންޑީއެފް)

ވިލުފުށި ފަޅުތެރޭ އޮތް ތެޔޮ ބޯޓެއް އަނދައި 2 މީހަކު ފިހިއްޖެ

އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، ތެޔޮ ބޯޓުގައި ވަރަށް ބޮޑަށް ހުޅު ހިފައި ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވާ މަންޒަރު ފެނޭ

ތ. ވިލިފުށީ ފަޅުތެރޭގައި އޮތް ތެޔޮބޯޓެއްގައި މިއަދު އަލިފާން ރޯވެ، ބޯޓުގައި ތިބި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްއެންޑީއެފުން ބުނި ގޮތުގައި، މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 9:40 ހާއިރެވެ.

ތަފްސީލް - އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، ތެޔޮ ބޯޓުގައި ވަރަށް ބޮޑަށް ހުޅު ހިފައި ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވާ މަންޒަރު ފެނެ އެވެ.

ވިލުފުށި ފަޅު ތެރޭގައި އޮތް ތެޔޮ ބޯޓެއް އަނދައި ވަރަށް ބޮޑަށް ހުލިވެފައި - (ފޮޓޯ/ އެމްއެންޑީއެފް)

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. 

އެ ރަށު ކައުންސިލްގެ މެންބަރަކު ވިދާޅުވި ގޮތުގައި، ތެޔޮ ބޯޓުގެ ވެރިފަރާތާއި ބިދޭސީ ފަޅުވެރިޔަކު ކޮންމެވެސް ވަރަަކަށް ފިހިފައިވެ އެވެ. ދެ މީހުނަށް ވެސް މި ވަގުތު އެ ރަށު ސިއްހީ މަރުކަޒުގައި ދަނީ ފަރުވާ ދެމުންނެވެ. އަނިޔާގެ ތަފުސީލުތަކެއް އަދި ނޭނގެ އެވެ.

މެންބަރު ވިދާޅުވީ ދެ ދޯނި ވެސް މިހާރު ބަނދަރުން ބޭރުކޮށްފައިވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް