ބަންޑުން ޖަހާލާފައިވާ ލޭންޑިން ކްރާފްޓު (ފޮޓޯ/އެމްއެންޑީއެފް)
ކޮޅުވެއްޓި ފުރަން ކެޕްޓަނަށް ޕްރެޝަރެއް ނުކުރޭ؛ ބަންޑުން ޖަހާލީ ކުއްލިއަކަށް: އެމްއެންޑީއެފް
މިދިޔަ ބުދަ ދުވަހު މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ކޮޅުވެއްޓި އެ ދަތުރުކުރުމަށް ކެޕްޓަނަށް ސިވެކް ކުންފުނީގެ ވެރިން ޕްރެޝަރުކުރި ކަމަށް ދެކެވޭ ވާހަކަ އެމްއެންޑީއެފުން ދޮގުކޮށްފި އެވެ.
ވީކިހިނެއް؟ - އެމްއެންޑީއެފުން އެ ގޮތަށް ބުނީ، ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އޮންނަ އެމްއެންޑީއެފްގެ ޓެލެގްރާމް ގްރޫޕުގައި ނޫސްވެރިއަކު ކުރި ސުވާލުތަކަށް ޖަވާބު ދެމުންނެވެ. އެ ގޮތުން:
-
އެ ކޮޅުވެއްޓިއަކީ ބާވެ ދަތުރުކުރަން އެކަށީގެންވާ އުޅަނދެއް ނޫން ކަމަށް ބުނެ ކެޕްޓަން ދަތުރުކުރަން އިންކާރުކުރި ކަމަށް މައުލޫމާތު ލިބޭ ކަމަށް އެ ނޫސްވެރިޔާ ލިޔެފައިވޭ
-
ނަމަވެސް އެ ދަތުރުކުރީ ސިވެކް ކުންފުނީގެ ވެރިން އެ ކަމަށް ޕްރެޝަރުކުރުމުން ކަމަށް ވެސް ނޫސްވެރިޔާ ލިޔެފައިވޭ
ތަފްސީލް - އެމްއެންޑީއެފުން ނޫސްވެރިޔާ ކުރި ސުވާލުތަކުގެ ޖަވާބުގައި ފޮނުވި ލިޔުމުގައިވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ. އެ ގޮތުން އެމްއެންޑީއެފުން ބުނި ގޮތުގައި:
-
ކޮޅުވެއްޓިއަށް އެއްވެސް އެއްޗެއް ބަރުކުރެވޭނީ ސީދާ ކެޕްޓަންގެ ބެލުމުގެ ދަށުން
-
އުޅަނދު އެއްވެސް ބަނދަރަކުން ފުރާނީ ވެސް އުޅަނދުގެ ހާލަތަށާއި މޫސުމަށް ބަލާފައި އުޅަނދުގެ ކެޕްޓަން ނިންމާ ނިންމުމެއްގެ މައްޗަށް
"..އެހެންކަމުން އުޅަނދަށް ބަރު ކުރުމާއި ފުރުމުގައި ކެޕްޓަންގެ މައްޗަށް މަޖުބޫރުން އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރާނެ،" އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ފޮނުވި ޖަވާބުތަކުގައި އިތުރަށް ފާހަގަކޮށްފައިވަނީ:
-
ކޮޅުވެއްޓި ދިޔަވެގެން އަރިއަޅާލި ވަގުތު ކެޕްޓަނާއި، މި ހާދިސާގައި ނިޔާވި ސިފައިންގެ ވޮރަންޓް އޮފިސަރު އަލީ ހާމިދު ތިބީ ވީލްހައުސްގެ ތެރޭގައި
-
މި ހާދިސާގައި ގެެއްލިގެން ހޯދަމުންދާ ބަންގްލަދޭޝް މީހާ ހުރީ ލޭންޑިން ކްރާފްޓްގެ އިންޖީން ރޫމުގެ ތެރޭގައި ކަމަށްވޭ
-
އަލީ ހާމިދުގެ ހަށިގަނޑު ނެގީ ވެސް ލޭންޑިން ކްރާފްޓްގެ ވީލްހައުސްގެ ތެރެއިން
-
މިހާތަނަށް ލިބުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި ކޮޅުވެއްޓި ބަންޑުން ޖަހާލީ ކުއްލިއަކަށް؛ ކަން ހިނގައިދިޔަ ގޮތް ދަނީ އިތުރަށް ތަހުގީގުކުރަން
ބަންޑުން ޖަހާލީ ސިފައިންގެ ކުންފުނި، ސިވެކްގެ ކޮޅުވެއްޓިއެކެވެ.
ކޮމެންޓް (2)
އަލީ
ހުސެން ސައީދު