އދ ދަނގެތީ މިސްކިތުގައި ބަޔަކު ނަމާދު ކުރަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

10 ރަށެެއްގެ މިސްކިތާއި 4 ރަށެއްގެ އިސްލާމީ މަރުކަޒު އަޅަން ބަޔަކު ހޯދަނީ

މި މަސައްކަތްތަކުގެ ބިޑު ސެކިއުރިޓީގެ އަގުތައް އުޅެނީ 61،000ރ. އާއި 126،000ރ.އާ ދެމެދުގައި؛ އަންނަ މަހުގެ 16ގެ ނިޔަލަށް ބިޑު ހުށަހަޅަން ވަނީ ހުޅުވާލާފައި

ހަތަރު ރަށެއްގައި އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތާއި 10 ރަށެއްގައި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން މިއަދު ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވަނީ އެ މަސައްކަތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް އަންނަ މަހުގެ 16 ވާ ބުދަ ދުވަހުގެ މެންދުރު 2ގެ ކުރިންނެވެ.

މި މަޝްރޫއުތަކުގެ ބިޑު ހުޅުވުން އޮންނާނީ 17 ޖުލައިވާ ބުރާސްފަތި ދުވަހުގެ 11 ޖަހާއިރު އެވެ.

ތަފްސީލް - މަޝްރޫއުތައް ހިންގާ ރަށްތަކާއި ބިޑު ސެކިއުރީޓީގެ އަދަދަކީ:

  • ށ. ފުނަދޫ އިސްލާމީ މަރުކަޒު - 102،000ރ.

  • ހއ. އިހަވަންދޫ އިސްލާމީ މަރުކަޒު - 102،000ރ.

  • ޅ. ނައިފަރު އިސްލާމީ މަރުކަޒު - 126,000ރ.

  • ގއ. ވިލިނގިލި އިސްލާމީ މަރުކަޒު - 120,000ރ.

  • ރ. މީދޫ މިސްކިތް - 59،000ރ.

  • ކ. ގުޅީ މިސްކިތް - 59،000ރ.

  • ގދ. ނަޑެއްލާ މިސްކިތް - 40،000ރ.

  • ގދ. މަޑަވެލި މިސްކިތް - 61،000ރ.

  • ގދ. ހޯނޑެއްދޫ މިސްކިތް - 58،000ރ.

  • ގދ. ފަރެސްމާތޮޑާ މިސްކިތް - 61،000ރ.

  • ފ. ފީއަލީ މިސްކިތް - 58،000ރ.

  • ދ. ރިނބިދޫ މިސްކިތް - 65،000ރ.

  • އދ. ފެންފުށި މިސްކިތް - 40،000ރ.

  • އއ. މަތިވެރި މިސްކިތް - 102،000ރ.

އިއުލާންގައި ވާގޮތުން މި ބީލަމުގައި ބައިވެރިވުމަށް ކޮންމެ މަސައްކަތަކަށް 500ރ.ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ އެވެ. ބީލަން ޕޯޓަލް މެދުވެރިކޮށް ބިޑު ހުށަހެޅޭނީ ބީލަން ޕޯޓަލްއަށް ރަޖިސްޓަރީވާ ފަރާތްތަކަށެވެ. އަދި ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ބިޑު ފިޔަވައި އެހެން އެއްވެސް ބިޑެއް ބަލައެއް ނުގަންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެގޮތުން:

  • އެ ފައިސާ ބަލައިގަންނާނީ މާދަމާއިން ފެށިގެން 15 ޖުލައިގެ ނިޔަލަށް

  • ފައިސާ ބަލައިގަތުން އޮންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8 އިން 2އަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  މެދުވެރިކޮށް

  • މި މަސައްކަތަށް ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީހުގެ މަދުވެގެން ތިން ދުވަސް ކުރިން ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަ ކުރައްވަންވާނެ 

އިތުރު އާޓިކަލް

އިތުރު އާޓިކަލް