އަލްހާން ފަހުމީ ކުރިން ކިންގްސް ލޯންޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޖެމްކިއުގެ މައްސަލަ ތިލަވުމާ އެކު، ޓެކުމުގެ ދައުވާ އޮތް އަލްހާން އަނެއްކާވެސް 'ސްކޭމެއް'؟

ޖީއެމްސީއީ ނުވަތަ ޖެމްކިޔުގެ ނަމުގައި ހިންގަނީ ޕޮންޒީ ސްކީމެއް ކަމަށް ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ބުނުމާ އެކު، އަލްހާން ކުރިން ހިންގެވި ސްކީމް ދިފާއުކޮށް ބަޔާނެއް ނެރުއްވި

މީގެ ކުރިން ވެސް ޓްރޭޑިން ސްކީމެއް ހިންގައިގެން މީހުނަށް ފައިސާ ނުދިން ކަމުގެ ތުހުމަތުގައި ދައުލަތުން ޓެކުމުގެ ދައުވާ އުފުލާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އަނެއްކާވެސް އެ ޒާތުގެ ސްކީމެއްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - ޖީއެމްސީއީ ނުވަތަ ޖެމްކިޔުގެ ނަމުގައި ހިންގަނީ ޕޮންޒީ ސްކީމެއް ކަމަށް ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ބުނުމާ އެކު، އަލްހާން ކުރިން ހިންގެވި ސްކީމް ދިފާއުކޮށް ބަޔާނެއް ނެރުއްވި އެެވެ.

ބުނީ ކީކޭ؟ - އަލްހާން ނެރުއްވި ބަޔާނުގައި ވިދާޅުވީ އެއްވެސް ސަބަބެއް ނެތި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކިންގްސް ޓްރޭޑިން ކުންފުނީގެ އެކައުންޓް ބަންދުކުރުމުގެ ކުރިއަށް ފައިސާ ދެމުންދިޔަ ކަމަށެވެ. ބޭންކުން ގެއްލުމުގެ ބަދަލު ހޯދަން ހުށަހެޅި ދައުވާގެ މައްސަލަ ހައި ކޯޓުގައި ކުރިއަށްދާ ކަމަށް ވެސް ފާހަގަކުރައްވާފައިވެ އެވެ.

އަލްހާންގެ ބަޔާނުގައި އޭނާގެ ސްކީމް ދިފާއުކުރައްވައި ދެން ވިދާޅުވީ:

  • 1800އެއްހާ މީހުން ބައިވެރިވި ކުންފުންޏަކުން ހިންގި މާލީ ވިޔަފާރީގެ މުއާމަލަތަކާއި ގުޅިގެން، ހަމައެކަނި 13 މީހެއްގެ ބަޔާން ނަގާ މަކާރާ ހީލަތުން އެ މީހުންގެ ފައިސާ ޓަކައިގެންފައިވާ ކަމަށް އަލްހާނާއި އޭނާގެ ދެ ކޮއްކޮއަކަށް ދައުވާކުރުމަކީ ގާނޫނީ ގޮތުން ހަމަޖެހޭ ކަމެއް ނޫން

  • މިއަދު ވެސް ހުންނެވީ ބަޔަކު ބައިވެރިވާ ނަމަ ޓްރޭޑްކޮށްގެން ފައިދާ ހޯދައިދޭން ތައްޔާރަށް؛ ކުރިން އިންވެސްޓް ކޮށްގެން ފައިިދާ ލިބުނު މީހުން ވެސް މަދެއް ނުވާނެ

"އަޅުގަނޑުގެ ކްރިޕްޓޯ ޓްރޭޑިން އެކައުންޓަށް ޑޮލަރު ޖަމާ ކުރުމުން، ޓްރޭޑްކޮށް، ދުވާލަކު މަަދުވެގެން %1.5 އިން ފެށިގެން މައްޗަށް ފައިދާ ހޯދާ ފޮނުވުމަކީި އަޅުގަނޑަށް ކުރެވިދާނެ ކަމަކަށްވާތީ، އެ ފުރުސަތު ހުޅުވާލި ވާހަކަ ދަންނަވަމެވެ،" އަލްހާން ލިޔުއްވާފައިވެ އެވެ.

އަލްހާންގެ ސްކީމް ތަފްސީލްކޮށް ގެނެސްދީފައިވާ ލިޔުމެއް:

ކޮމެންޓް (1)

ބެއްޔާގެ ދަރި

22 ޖޫން 2025
މިއީ ސްކޭމަކަށް ވަނީ ކޯއްވެބާ. އޭނަ އެ ބުނަނީ ވިޔަފާރިއެއް ކުރަން ފައިސާ ބޭނުންވާ ވާހަކަ. އަދި އެ ވިޔަފާރިކޮށްދަ ފައިދާއެއް ވެއްޖެއްޔާ ފައިދާ ދޭނެ ކަމަށް. ފައިސާ ދޭން ވާނީ ގެއްލުން ވެސް ވެދާނެ ކަމަށް ބަލައިގެން ކަމަށް. އެހެންވީމާ ދޭ މީހަކު ދޭންވީއޭ. އޮޅުވާލުމެއް ނެތް. އެހެންވީމާ ސްކޭމަކަށް ވާންޖެހޭ ސަބަބެއް ނުވިސްނޭ
0 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް