ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު (ފޮޓޯ/މަޖިލިސް)

ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއަށް ސޮއިކުރަން ނިންމައިފި

އެގޮތަށް ނިންމީ ނަޝީދު ރިޔާސަތުގައި އިންނަވައިގެން މިއަދު މެންދުރު ފަހު ބޭއްވި އެ ޕާޓީގެ ނޭޝަނަލް އެސެމްބްލީގެ ޖަލްސާގައި
17 ޖޫން 2025

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން ދަ ޑިމޮކްރެޓްސް ޕާޓީގެ އެންމެހާ މެންބަރުން އެމްޑީޕީއާ ގުޅެން ޑިމޮކްރެޓްސް ޕާޓީން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެގޮތަށް ނިންމީ ނަޝީދު ރިޔާސަތުގައި އިންނަވައިގެން މިއަދު މެންދުރު ފަހު ދޮންމަނިކު ސްކައިވިއު ރެސްޓޯރަންޓުގައި ބޭއްވި ދަ ޑިމޮކްރެސްޓްސް ޕާޓީގެ ނޭޝަނަލް އެސެމްބްލީ ބައްދަލުވުމުގަ އެވެ. އެގޮތުން: 

  • އެގޮތަށް ނިންމަން ހުށަހެޅި ގަރާރު ފާސްވީ އެ ބައްދަލުވުމުގައި ބައިވެރިވި 44 މެންބަރުންގެ ތެރެއިން 35 މެންބަރުންގެ ވޯޓުން

ތަފްސީލް - ޑިމޮކްރެޓްސް ޕާޓީގެ އަންހެނުންގެ ގޮފީގެ ލީޑަރު ފާތިމަތު ހަމްދާ މުހައްމަދު ހުށަހެޅި އެ ގަރާރުގައިވާ ގޮތުގައި އެމްޑީޕީއާ އެ ޕާޓީގެ މެންބަރުން އަލުން ގުޅެން ނިންމި ސަބަބުތަކަކީ: 

  • ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް

  • ރާއްޖޭގެ މުސްތަގުބަލު ރަނގަޅުކޮށް ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ގާއިމްކުރުމަށް

  • ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާއި މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިއާދަކުރުމަށް އެންމެ ރަނގަޅުގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ދެކޭތީ 

"އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން މުހިންމުކަމަށް ގަބޫލު ކުރެވޭ ހިނދު، މި މަގުސަދު ހާސިލް ކުރުމަށް ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވަމެވެ،" މިއަދު ފާސްކުރި ގަރާރުގައިވެ އެވެ. 

ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ސީދާ ގުޅޭނޭ އިރެއް އަދި ސާފެއް ނުވެ އެވެ. 

ގުޅުންހުރި - އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި ނަޝީދު ވަނީ އިއްޔެގެ ވަގުތެއްގައި ބައްދަލުކުރައްވައި މަޝްވަރާތަކެއް ބާއްވަވައިފަ އެވެ. 

ފަސްފަހަތް - ނަޝީދުގެ ސަޕޯޓަރުން އިސްވެ ތިބެ ދަ ޑިމޮކްރެސްޓް ޕާޓީ އުފައްދާފައި ވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ފަހުކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ނަޝީދާ ދެމެދު ހިޔާލު ތަފާތުވެ މައްސަލަ ހޫނުވުމުންނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް