މީރާ ބިލްޑިން އަދި ކައުންޓަރު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ފައިސާ ނުލިބެނީސް ޖީއެސްޓީ ދައްކަންޖެހޭ މައްސަލައިގެ ގަރާރު ބޭރުކޮށްލައިފި
މިހާރު އަމަލު ކުރަމުން އަންނަ ޖީއެސްޓީ ގާނޫނުގައި ޓެކްސް ނަގަން ލާޒިމުވާ ވަގުތު ކަނޑައެޅުމަށް މުދާ ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމުގެ ވަގުތު ބަޔާންކޮށްފައިވާ ގޮތުން ފައިސާ ނުލިބެނީސް ޖީއެސްޓީ ދައްކަންޖެހޭތީ ވިޔަފާރިތަކަށް ގެއްލުންވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި ގަރާރު މިއަދު ބޭރުކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - ކެޔޮދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނިއުޝާދު އިއްޔެ ހުށަހެޅުއްވި ގަރާރު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބޭރުކޮށްލީ މެންބަރުން އެ ގަރާރަށް ބަހުސްކުރެއްވުމަށް ފެނިވަޑައިގަންނަވާތޯ ބެލުމަށް ނެގި ވޯޓުގައި:
-
36 މެންބަރުން ވޯޓު ދެއްވީ ދެކޮޅަށް
-
ބަލައިގަތުމަށް ވޯޓު ދެއްވީ 11 މެންބަރުން؛ އެއީ އެމްޑީޕީގެ 10 މެންބަރަކާއި ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން
ތަފްސީލް - 'މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު'ގައި މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިން ވަގުތު ކަމަށް އޮންނަނީ ދެ ވަގުތެކެވެ. އެއީ:
-
އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތު
-
މުދާ ގަންނަ ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތުން އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގު އެކުގައި ނުވަތަ އެ އަގުން ބައެއް އަދާކުރާ ވަގުތު
މިގޮތަށް އޮތުމުން، މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތުން ފެށިގެން ޖީއެސްޓީ ދެއްކުން ލާޒިމުވެގެންދެ އެވެ. އެކަމަކު އެ މުދަލެއް ވިއްކި ފަރާތަށް ނުވަތަ ހިދުމަތެއް ފޯރުކޮށްދިން ފަރާތަށް އެއަށްވާ ފައިސާ އެހާ ތަނަށް ނުލިބޭތީ ވިޔަފާރިތަކަށް ގެއްލުންވަމުންދާ ކަމަށް މަޖިލީހަށް ހުށަހެޅި ގަރާރުގައިވެ އެވެ.
ނިއުޝާދު އެ ގަރާރު ހުށަހެޅުއްވި ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ ވިޔަފާރިތަކަށް ގެއްލުންވަމުންދާ ނަމަ، އެތަކެއް ވިޔަފާރިތަކެއް ހުއްޓި އެތައް ބައެއްގެ ވަޒީފާއެއް ގެއްލި، އިގްތިސާދު ހީނަރުވެ، ގިނަ ބައެއްގެ ދިރިއުޅުން ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ކަމަށް ފެންނާތީ ކަމަށެވެ.
އެ މައްސަލާގައި ވަނީ:
-
ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކަށް މުދަލާއި ހިދުމަތް ފޯރުކޮށްދިނުމަށް ފަހު، އެއަށްވާ ޓެކްސް އިންވޮއިސްތައް ހުށަހެޅި ނަމަވެސް އެ އިންވޮއިސްތަކަށް ފައިސާ ނުލިބި ގިނަ ދުވެސްތައް ފާއިތުވާކަމުގެ ކަންބޮޑުވުން ގިނަ ވިޔަފާރިތަކުން ފާޅުކުރަމުންދޭ
-
ގާނޫނު މިހާރު އޮންނަ ގޮތުން ޓެކްސް އިންވޮއިސްތައް ތައްޔާރުކުރާ ވަގުތުން ފެށިގެން ޖީއެސްޓީ ދެއްކުން ލާޒިމުވޭ
-
އެކަމަކު އެ ހިދުމަތެއް ނުވަތަ މުދަލަަކަށްވާ ފައިސާ ހޯދުމަކީ ވިޔަފާރިކުރާ ފަރާތުގެ ބާރު ހިނގާ ކަމެއް ނޫން
-
އެހެން އެކަން އޮއްވައި އެ ވިޔަފާރިކުރާ މީހާއަށް ވަކި ވަގުތަކަށް ވަކި ކަމެއް ކުރުމަށް ލާޒިމުކޮށްފައި އޮތުމަކީ އިންސާފުވެރި ގޮތެއް ނޫން
ކޮމެންޓް (1)
ވާރު