ޑރ. މަޖީދު (ކ). (ފައިލް ފޮޓޯ/ސޯޝަލް މީޑިއާ)

7 އަހަރު ކުރިން އަވަހާރަވި ޑރ. މަޖީދު 'ޝަހީދުކޮށްލީ' ކަމަށް އިމްރާން ވިދާޅުވެއްޖެ

މިދިޔަ ސަރުކާރުގައި ހޯމް މިނިސްޓަރުކުރަން ކުރެއްވި އިމްރާން ވިދާޅުވީ ޑރ. މަޖީދުގެ ކުއްލި މަރާ ގުޅިގެން މިއޮތް ހުރިހާ ދުވަހު ހިތުގައި އުފެދިފައި އޮތީ ޝައްކުތަކެއް ކަމަށާއި އެ ޝައްކުތައް މިހާރު ޔަގީންވާ ހިސާބަށް ގޮސްފައިވާ ކަމަށް

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ މަރަކީ ކުއްލި މަރެއް ނޫން ކަމަށާއި އެއީ ބަޔަކު ޝަހީދުކޮށްލި ބޭފުޅެއް ކަމުގެ ތުހުމަތު ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ކުރީގެ އިސްލާމިކް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. މަޖީދު އަވަހާރަވީ 22 މެއި 2018ގަ އެވެ. އެ ބޭފުޅާ އަވަހާރާވީ ސްރީ ލަންކާއަށް ވަޑައިގެން އުޅުއްވަނިކޮށް، ސްޓްރޯކެއް ޖެހިގެންނެވެ.

ބުނީ ކީކޭ؟ - އިމްރާން މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ކުއްލި މަރާ ގުޅިގެން މިއޮތް ހުރިހާ ދުވަހު ހިތުގައި އުފެދިފައި އޮތީ ޝައްކުތަކެއް ކަމަށެވެ. އެކަމަކު މިހާރު އެ ޝައްކުތައް ޔަގީންވާ ހިސާބަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

‏"އާއެކެވެ، ޑރ. މަޖީދު ބަޔަކު ޝަހީދުކޮށްލީ އެވެ،" މިދިޔަ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އިމްރާންގެ ޕޯސްޓުގައި ލިއުއްވާފައިވެ އެވެ.

ޑރ. މަޖީދުގެ މަރަށް ހަތް އަހަރުވެފައި ވާއިރު، މިހާތަނަށް އެ މަރާ މެދު ޝައްކެއް އުފައްދައި އެއްވެސް މީހަކު ވާހަކަދައްކާފައެއް ނުވެ އެވެ. އެހާ ދުވަސް ފަހުން އެފަދަ ތުހުމަތެެއް މިއަދު ކުރައްވާ ސަބަބު އިމްރާންގެ އެ ޕޯސްޓުގައި ތަފްސީލުކޮށްދެއްވާފައެއް ނުވެ އެވެ.

އެނގުން މުހިންމު - އަދާލަތު ޕާޓީގެ އެއް ބާނީ އަދި އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޑރ. މަޖީދަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު އުފެދިގެން އައިރު ސިޔާސީ މަޝްރަހުގައި މަޝްހޫރު ނަމެކެވެ.

އެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވުމަށް ފަހު ޑރ. މަޖީދު އަވާހާރަވީއިރު ހުންނެވީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ސީނިއާ ލެކްޗަރާގެ މަގާމުގަ އެވެ.

ކޮމެންޓް (1)

ކިނބުރާން

15 ޖޫން 2025
ރިޔާސީ އިންތިޚާބު ކައިރިވާ ވަރަކަށް ޔަގީންވެ ކަށަވަރު ވާނެ. ތީ ނުދަންނަ ކުޅިވަރެއް ނޫނޭ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް