މެނިންގޯކޮކަލް އިން ދިފާއުވުމަށް ޖަހާ ވެކްސިނެއް

އެޗްޕީއޭ

ކޮންޓެކްޓް ޓްރޭސިން ނިމިއްޖެ؛ މެނިންގޯކޮކަލްގެ އިތުރު ކޭސްއެއް ނެތް: އެޗްޕީއޭ

އެ ބަލި ޖެހިގެން މިމަހުގެ 4 ވަަނަ ދުވަހު ވަނީ ޒުވާނަކު މަރުވެފައި؛ އެޗްޕީއޭއިން ބުނީ އޭނާއާ ބައްދަލުވި މީހުންގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ފެނިގެން މިހާތަނަށް ރިޕޯޓުކޮށްފައި ނުވާ ކަމަށް

ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލްގެ ކޭސްތަކެއް ފެނިގެން ހެދި ކޮންޓެކްޓް ޓްރޭސިން ނިމިފައިވާ ކަމަށާއި އިތުރު މީހެއްގެ ގައިން އެ ބަލި ފެނިފައި ނުވާ ކަމަށް އެޗްޕީއޭއިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މެނިންގޯކޮކަލްގެ ކޭސްއެއް ރާއްޖެއިން ފެނިގެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފަށައި، އެ ބަލި ޖެހިފައިވާ އިތުރު މީހަކު ހުރިތޯ ބެލުމަށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ފެށީ މިމަހުގެ 7ވަނަ ދުވަހު އެވެ. އެއީ އެ ބަލީގައި އުމުރުން 24 އަހަރުގެ ދިވެހި ޒުވާނަކު މަރުވުމުންނެވެ. 

ބުނީ ކީކޭ؟ - އެޗްޕީއޭއިން މިއަދު 'ދައުރު'އަށް ބުނީ:

  • ކޮންޓެކްޓް ޓްރޭސިން ވަނީ ނިމިފައި

  • އެ ބަލި ޖެހިފައި ހުރި މީހާއާ ބައްދަލުވި އެއްވެސް މީހެއްގެ ފުށުން ބަލީގެ އަލާމާތެއް ފެނިގެން ރިޕޯޓުކޮށްފައެއް ނުވޭ

  • އެ ބަލީގެ އާ ކޭސްއެއް މިހާތަނަށް ރިޕޯޓުކޮށްފައެއް ނުވޭ

މެނިންގޯކޮކަލް އަކީ ކޮބާ؟ 

އިންވޭސިވް މެނިންގޯކޯކަލް ބައްޔަކީ ބެކްޓީރިއާއަކުން ޖެހޭ، ނުރައްކާތެރި ބައްޔެކެވެ. ރާއްޖެއިން މި ބަލި ފެނިފައިވަނީ އާއްމު ގޮތެއްގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި މީހުންގެ ގައިން ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލި ޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދުގަ އެވެ. އަލާމާތްތަކުގެ ތެރޭގައި:

  • ހުން އައުން 

  • ހަމުގައި ރަތް ބިހިތަކެއް ނެގުން

  • ބޮލުގައި ރިއްސުން 

  • ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށީގެންވޭ

މި ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ބަލި ޖެހިފައިވާ މީހާއާ އެކު ގިނަ ވަގުތު ވަރަށް ގާތްކޮށް އުޅޭ މީހުންގެ ގަޔަށް ޖަރާސީމު އެރުމުގެ ފުރުސަތު ބޮޑެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް