އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް: (ފޮޓޯ/ އަޝްރަފް ސައީދު)

އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބު ހިންގާނެ ބަޔަކު ހޯދަނީ

އޭއީއެޗުގެ ކެތު ލެބު ތަރައްގީކޮށް ނިންމީ އޮކްޓޫބަރު 2023ގައި. ނަމަވެސް ދޮޅު އަހަރު ވެގެންދިޔައިރު އެ ތަން ހިންގަން އެއްވެސް ބަޔަކާ ހަވާލުކޮށްފައިނުވޭ

އައްޑޫ އީކުއޭޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު)ގައި 2023ގެ ފަހުކޮޅު ތަރައްގީކޮށް ނިންމި ކެތު ލެބު ހިންގާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ވީ ކިހިނެއް؟ - ފިނޭންސުން މިއަދު ކުރި އިއުލާންގައި ފަސް އަހަރުގެ މުއްދަތަކަށް އޭއީއެޗުގެ ކެތު ލެބު މެނޭޖުކޮށް، ހިންގަން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ތަފްސީލު - އެ މައްކަތާ ގުޅޭ ޓާމްސް އޮފް ރިފަރެންސް ފިނޭންސްގެ ވެބްސައިޓުން 15 ޖޫންއިން ފެށިގެން ޑައުންލޯޑު ކުރެވޭނެ އެވެ.

އެ މަސައްކަތާ ގުޅޭ މުހިންމު ސުންގަޑިތައް:

  • މައުލޫމާތު ސާފުކުރުން - 18 ޖޫންގެ މެންދުރު 1ގެ ކުރިން

  • އީއޯއައި ހުށަހެޅުން - 29 ޖޫންގެ މެންދުރު 2ގެ ކުރިން

ސުވާލު އަދި އީއޯއައި ފޮނުވާނީ:

އެނގުން މުހިންމު - އޭއީއެޗުގައި ކެތު ލެބެއް ހަދަން ބީލަމަށް ލީ ސެޕްޓެމްބަރު 2022 ގައެވެ. އަދި އެ މަސައްކަތް ނިންމައި، މުވައްޒަފުން ތަމްރީން ކުރަން ފެށީ އޮކްޓޫބަރު 2023 ގައެވެ.

އޭރު އޭއީއެޗުން ބުނީ އިކުއިޕްމަންޓްތައް ޓެސްޓުކުރަން ނަގާނީ ހަފްތާއެއް ކަމަށާއި ތަމްރީންތަކަށް ހޭދަވާނީ ދެ ހަފްތާ ކަމަށެވެ.

އެ ކެތު ލެބުގެ މަސައްކަތް ނިންމުމާ އެކު އެ ތަން ހިންގަން އޭޑީކޭއިން ޝައުގުވެރިކަން ފާޅުކުރި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ނަމަވެސް އޭގެ ފަހުން ދޮޅު އަހަރު ވެގެން ދިޔައިރު ވެސް އެ ކެތު ލެބު ހިންގަން އެއްވެސް ބަޔަކާ ހަވާލުނުކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް