ގާނޫނާ ހިލާފަށް ހުއްދަ ނުހޯދާ ސިނގިރޭޓު އެތެރެކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީ މީހާ - (ފޮޓޯ/ ޕޮލިސް)

ސިނގިރޭޓު

ގާނޫނާ ހިލާފަށް ސިނގިރޭޓު 'އެތެރެކުރި' ބަންގްލަދޭޝް މީހާގެ ބަންދު އިތުރުކޮށްފި

ބަންގްލަދޭޝް މީހެއް ކަމަށްވާ އަބްދުއްކަރީމް، 45، ހައްޔަރުކުރީ މިދިޔަ މަހު 24 ވަނަ ދުވަހު

ނަގަން ޖެހޭ ހުއްދަތައް ނުނަގައި ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓު އެތެރެކުރާ ކަމުގެ ތުހުމަތުގައި މިދިޔަ މަހު ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދު ކްރިމިނަލް ކޯޓުން އިއްޔެ އިތުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ބަންގްލަދޭޝް މީހެއް ކަމަށްވާ އަބްދުއްކަރީމް، 45، ހައްޔަރުކުރީ މިދިޔަ މަހު24 ވަނަ ދުވަހުގަ އެވެ.

އޭނާގެ ބަންދަށް ކޯޓުން ފުރަތަމަ ދިން15 ދުވަހުގެ މުއްދަތު ހަމަވުމުން ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ހާޒިރުކުރުމުން ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ އެވެ.

ތަފްސީލް - ވިލިމާލެ ފުލުހުން ހިންގި އޮޕަރޭޝަނުގައި ތިލަފުށި ބޯޓުޔާޑުގައި އޮތް ދޯންޏަކުން، ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މެންޗެސްޓާ ބްރޭންޑްގެ 32 ކާޓަން ސިނގިރޭޓު ފެނިފައިވެ އެވެ.

އަބްދުލްކަރީމް ހައްޔަރު ކުރީ އެ މައްސަލައިގެ ތުހުމަތުގަ އެވެ. އޭނާއަކީ ގަވާއިދާ ހިލާފަށް ލިޔެކިޔުމެއް ވެސް ނެތި ރާއްޖޭގައި އުޅޭ މީހެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ބުންޏެވެ.

ކޮމެންޓް (1)

އަލީ

9 ޖޫން 2025
އެސޮރަަށް ގާނޫނު ކިޔަންވެސް ނޭނގޭނެ. ވަގު އޮތީ ފިލައި. ކަންބަޅި ކަތިލުން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް