ށ. ފުނަދޫ އާއި އެ ރަށު އެއާޕޯޓު. (ފައިލް ފޮޓޯ/އޭވިއޭޓާސް މޯލްޑިވްސް)

ށ. ފުނަދޫ

ފުނަދޫ އެއާޕޯޓު ބަންދު؛ މިފަހަރު ވެސް ފަޔާ ޓްރަކްގެ މައްސަލައެއް

މިދިޔަ އަހަރުގެ ފަހުކޮޅުގައި ވެސް ފަޔާ ޓްރަކަށް މައްސަލައެއް ދިމާވެގެން ފުނަދޫ އެއާޕޯޓު ވަގުތީ ގޮތުން ބަންދުކުރަން ޖެހުނު

ށ. ފުނަދޫ އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ޓްރަކަށް މައްސަލައެއް ދިމާވެ، އެ އެއާޕޯޓު ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

ބުނީ ކީކޭ؟ - ފުނަދޫ އެއާޕޯޓުގެ މެނޭޖަރު މުހައްމަދު މަޔާލް 'ދައުރު'އަށް ވިދާޅުވީ އެ އެއާޕޯޓުގެ ފަޔާ ލޮރީއަށް ދިމާވި މައްސަލައަކާ ގުޅިގެން އެއާޕޯޓު ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އޭނާ ވިދާޅުވީ އެއާޕޯޓު ބަންދުކުރަން ނޯޓިސް ނެރުނީ މިއަދަށް ކަމަށެވެ. ނަމަވެސް މާދަމާ އެއްވެސް ޝެޑިއުލް ދަތުރެއް އެ އެއާޕޯޓަށް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ތަފްސީލު - ފުނަދޫ އެއާޕޯޓަށް ޝެޑިއުލް ދަތުރުކުރަނީ ގައުމީ އެއާލައިން މޯލްޑިިވިއަނުންނެވެ.

މޯލްޑިވިިއަނުން މިއަދު ފުނަދުއަށް ރާވާފައިވާ ހުރި ދަތުރުތައް ވެސް، އެއާޕޯޓު ބަންދުކުރުމާ އެކު ވަނީ ކެންސަލް ވެފަ އެވެ.

މޯލްޑިވިއަނުން ބުނީ އެ އެއާލައިނުން މިއަދު ފުނަދުއަށް ދަތުރުކުރާ ފަސިންޖަރުންނަށް އެހެން ގޮތެއް ބަލަމުން އަންނަ ކަމަށެވެ. މިކަމާ ބެހޭ މައުލޫމާތު ފަސިންޖަރުންނަށް ދެމުން އަންނާނެ ކަމަށް ވެސް އެ އެއާލައިނުން ބުނެ އެވެ.

އެނގުން މުހިންމު - މިދިޔަ އަހަރުގެ ފަހުކޮޅުގައި ވެސް ފަޔާ ޓްރަކަށް މައްސަލައެއް ދިމާވެގެން ފުނަދޫ އެއާޕޯޓު ވަގުތީ ގޮތުން ބަންދުކުރަން ޖެހުނެވެ. އެ މައްސަލަ، އެއް ދުވަސް ތެރޭގައި ވަނީ ހައްލުކޮށްފަ އެވެ.

ވައިގެ ދަތުރުފަތުރުގެ ގަވާއިދު ބުނާ ގޮތުން އެއާޕޯޓަށް މަތިންދާބޯޓު ޖައްސާ އަދި ފުރާއިރު ވެސް އޮޕަރޭޓު ކުރެވޭ ހާލަތުގައި ފަޔާ ޓްރަކެއް އޮންނަން ޖެހެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް