2022 ވަނަ އަހަރުގެ ބޮޑު އީދު ދުވަހު މާލޭގައި ހިނގާފައި އުޅޭ ގޮތަށް ހަމަޖެއްސި ވަގުތު އާއިލާއަކުން މަގުމަތީ އީދުގެ އުފާފާޅުކުރަނީ (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ބޮޑު އީދު 2025

އީދު ދުވަހުގެ ހަވީރު މާލޭ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކޮށްފި

ވެހިކަލު ދުއްވުން މަނާ ވަގުތަކުގައި ދުއްވޭނީ ހަަމައެކަނި އެމަޖެންސީ ހާލަތެއްގައި ދަތުރުކުރާ ވެހިކަލުތައް؛ އެކަމަށް ހާއްސަކޮށް ދޫކުރާ ސްޓިކާ އަންނަ ހުކުރު ދުވަހު ދޫކުރާނެ

އަލްހާ އީދު ނުވަތަ ބޮޑު އީދުގެ ފުރަތަމަ ދުވަހުގެ ހަވީރު، މާލެ ސަރަހައްދުގައި އިންޖީނުލީ އަދި ބެޓެރި އުޅަނދުތައް ދުއްވުން މަނާކޮށްފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ އަހަރުން ފެށިގެން ކޮންމެ އީދެއްގައި ވެސް މިހާރު ހަވީރު ވަކި ވަގުތުތަކެއްގައި، މަގުމަތީގައި އުޅަނދު ދުއްވުން މަނާކުރެ އެވެ. އެއީ އެ ވަގުތަކީ، ގިނަ ބަޔަކު ކުޑަކުދިންނާއެކު މަގުމައްޗަށް ހިނގާލަން ނުކުމެ، ކުޅިވަރުތައް ކުޅެ ހަދާ ވަގުތަކަށްވުމުންނެވެ.

އަންނަ ހުކުރު ދުވަހު ފާހަގަކުރާ މިއަހަރުގެ ބޮޑު އީދުގައި، މާލޭ ސަރަހައްދުގެ އާންމު ހުރިހާ މަގުތަކަކީ ވެހިކަލު ދުއްވުން މަނާ ތަނެއްކަމަށް މިފަހަރު ވެސް ވަނީ ކަނޑައަޅާފަ އެވެ. 

ތަފްސީލް - އެކަމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ:

  • އީދު ދުވަހުގެ ހަވީރު 4 އިން 6 އަށް، މާލެ އާއި ހުޅުމާލޭ އަދި ވިލިމާލޭގައި، އިންޖީނުލީ އަދި ބެޓެރީ އުޅަނދުތައް ދުއްވުން މަނާވާނެ

  • އެ ވަގުތުތަކުގައި ދަތުރު ކުރެވޭނީ ހަމައެކަނި، އިމަޖެންސީ ހާލަތުގައި ދަތުރުކުރާ އުޅަނދުތަކަށް

  • މަނާ ވަގުތުތަކުގައި ވެހިކަލް ދުއްވައިފި ނަމަ ފިޔަވަޅު އަޅާނެ

މަގުތައް ވެހިކަލުތަކަށް ބަންދުވެފައި އޮންނައިރު، އިމަޖެންސީ ހާލަތުގައި ދަތުރުތައް ކުރުމަށް ހާއްސަ ސްޓިކާއެއް ދޫކުރެ އެވެ. އެ ސްޓިކާ، ތައިސޭކޮށީގައި ގާއިމްކޮށްފައިވާ ސިޓީ ކައުންސިލުން އާންމު ހިދުމަތާއި ބެހޭ ބައިން އަންނަ ހުކުރު ދުވަހު ދޫކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ.

އެގޮތުން ސްޓިކާ ދޫކުރާނީ:

  • ހުކުރު ދުވަހުގެ ހެނދުނު 08:30 އިން 10:30 އަށް 

  • މެންދުރުފަހު 2 އިން 3 އަށް ދޫކުރާނެ 

އިތުރު އާޓިކަލް

އިތުރު އާޓިކަލް