ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ - (ފޮޓޯ/ މަޖިލީސް)

މާލެ ސަރަހައްދުން ކަރަންޓް ދިޔަ މައްސަލަ ތަހުގީގު ކުރަން ރައީސް އަންގަވައިފި

ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކަރަންޓް ދިޔުން ތަކުރާރުނުވާނޭ ގޮތަށް ފިޔަވަޅު އަޅަން ވެސް އަންގާފައިވާ ކަމަށް
1 ޖޫން 2025
2

މުޅި މާލެ އާއި ހުޅުމާލެ އަދި އެއާޕޯޓުން ކަރަންޓް ދިޔަ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ރައީސް މުހައްމަދު މުއިއްޒު ކަމާ ބެހޭ ފަރާތްތަކަށް މިއަދު އަންގަވައިފި އެވެ.

ތަފްސީލް - ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިފިން ކަމަށެވެ. 

"މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވަން،" ހައްޖުގެ އަޅުކަމަށް މި ވަގުތު ސައުދީއަށް ވަޑައިގެން ހުންނެވި ރައީސް މުއިއްޒުގެ ޕޯސްޓުގައި އެމަނިކުފާނު ލިޔުއްވާފައިވެ އެވެ.

އެނގުން މުހިންމު - މިއަދު މެންދުރު 12:40ހާއިރު މާލެ އާއި ހުޅުޅެ އަދި ހުޅުމާލެއިން ކުއްލި ގޮތަކަށް ކަރަންޓް ވަނީ ކެނޑިފަ އެވެ. 

ކަރަންޓު ދިޔުމާ ގުޅިގެން މައާފަށް އެދެމުން ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި، މިކަން ދިމާވީ ޓެކްނިކަލް މައްސަލައަކުން ކަމަށެވެ. އަދި އެ މައްސަލަ ދެނެގަތުމުގެ މަސައްކަތް ކުންފުނިން ކުރަމުންދާ ކަމަށް ބުންޏެވެ.

ކޮމެންޓް (2)

ތެފައާސާ.

1 ޖޫން 2025
އުންމީދަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގުކުރަންފެށި ބޭންކު ބަގާވާތުގެ މައްސަލައިގެ ތަހުގީގު ފަދައިން މި ތަހުގީގުވެސް ލަަސްތަކެއްނުވެ ކޮޅެއްގައި ޖައްސައި ކުށްވެރިވާމީހުން އިންސާފުގެ ކުރިމައްޗަށް ގެނެވިގެންދާނޭކަމަށް.
0 0

ތެފައާސާ.

1 ޖޫން 2025
ކުރިން ބީއެމްއެލް އިން ކުރިކަމަށް ތުހުމަތުކުރެވުނު ބޭންކު ބަގާވާތަށް ފިޔަވަޅު ނޭޅި ލަސްވުމަކީ މިއަދު ހިނގައިގެން މިއުޅޭކަމަށް ތުހުމަތުކުރެވޭ ކަރަންޓު ބަގާވާތްފަދަ ކަންކަން ހިނގުމަށް ސަބަބަކަށް ވެދާނެބާ؟ ފުލުހުން ކުރިއަށްމިގެންދާ ތަހުގީގުން މިކަންކަން ސާފުވާނޭކަމަށް އުންމީދުކުރަން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް