ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އަދި އެ ކުންފުނީގެ ނަން ބޯޑް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ސްޓެލްކޯ

މާލެ، ހުޅުމާލެ، އެއާޕޯޓުން ކަރަންޓް ކެނޑިއްޖެ

މިހާރު ބައެއް ސަރަހައްދުތަކަށް އަލުން ކަރަންޓު ދޭން ވަނީ ފަށާފައި
1 ޖޫން 2025
1

މުޅި މާލެ އާއި ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ގާތްގަނޑަކަށް ގަޑިއެއްގެ އިރަށް ކަރަންޓް ކެނޑިއްޖެ އެވެ. މިހާރު ބައެއް ސަރަހައްދުތަކަށް އަލުން ކަރަންޓު ދޭން ވަނީ ފަށާފަ އެވެ

ވީ ކިހިނެއް؟ - ކަރަންޓް ކަނޑައިގެން ދިޔައީ މިއަދު މެންދުރު 12:30 އެހާއިރު އެވެ. މާލެ، ހުޅުމާލެ އައި ވީއައިއޭން ކަރަންޓް ކަނޑައަޅައިގެން ގޮސްފައިވާކަން ސްޓެލްކޯއިން ޔަގީންކޮށްދިނެވެ.  

ސްޓެލްކޯގެ ބަސް - ސްޓެލްކޯއިން މައާފަށް އެދެމުން ބުނީ ކަރަންޓް ކެނޑިފައިވަނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.  އަދި އެ މައްސަލަ ދެނެގަނެ ކަރަންޓް ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ. 

"މާލެ އާއި ހުޅުމާލޭގެ ޖަނަރޭޓަރުތައް ޖައްސަން ފަށައި ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ވަނީ ކަރަންޓު ދެވިފައި. މީގެ އިތުރުން، މާލެ އާއި ހުޅުމާލޭގެ އެހެން ސަރަހަައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން،" ސްޓެލްކޯއިން ބުންޏެވެ.

އެއާޕޯޓް ހިންގާ، އެމްއޭސީއެލްއިން ބުނެފައި ވަނީ އެއާޕޯޓުން ކަރަންޓް ކެނޑުނު ނަމަވެސް، ބެކަޕް ޖަނަރޭޓަރުތައް މިހާރު ހިންގަން ފަށާފައިވާ ކަމަށެވެ. އެހެންވެ، އޮޕަރޭޝަންތައް އާންމު ހާލަތުގައި ކުރިއަށްދާ ކަމަށް ވެސް ބުންޏެވެ. 

ކަރަންޓް ކެނޑުމުގެ ސަބަބުން މާލެ އާއި ހުޅުމާލޭގެ ގިނަ ހިދުމަތްތަކެއްހެން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ކޮމެންޓް (1)

އެޅަބެއްޔާ

1 ޖޫން 2025
ޖޫން 1 އިންފެށިގެން ކަރަންޓް ބިލް ކުޑަކުރަނީ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް