މި މަޝްރޫއުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެމްޓީސީސީން މިއަދު ސޮއިކުރަނީ. (ފޮޓޯ/އެމްޓީސީސީ)
ހަންޏާމީދޫ ގޮނޑުދޮށް ހިމާޔަތްކުރަން 46 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި
އދ. ހަންޏާމީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް 46.2 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ކޮންސްޓްރަކްޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ:
-
ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނަޒީމް
-
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ
ތަފްސީލް - 240 ދުވަސް ނުވަތަ ގާތްގަނޑަކަށް ހަތް މަހުން ނިންމަން ހަވާލުކުރި މި މަޝްރޫއުގެ ދަށުން:
-
14،322.75 ކިއުބިކް މީޓަރުގެ ރާޅުވެލި އަޅާނެ
-
14،322.75 ކިއުބިކް މީޓަރުގެ ހިމުންވެލި އަޅާނެ
-
455 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލާނެ
-
440 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖަހާނެ
ބުނީ ކީކޭ؟ - އެމްޓީސީސީން ބުނި ގޮތުގައި، 760 މީހުންގެ އާބާދީއެއް އޮންނަ ހަންޏާމީދޫ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރަށް ގިރުމުގެ މައްސަލަ ކަމަށްވާއިރު، އެ ރަށުގެ ރީތި ގޮނޑުދޮށްތައް ވެސް ވަނީ އެއްކޮށްހެން ގިރާފަ އެވެ.
"މިއަދު މި ސޮއިކުރި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާ އެކު، ރަށް ގިރުުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބި، ރަށުގެ ގޮނޑުދޮށް އިއާދަކުރެވިގެންދާނެ،" އެމްޓީސީސީން ބުންޏެވެ.
"މިކަމުގެ ސަބަބުން އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ރަށަށް ގިނަ ފައިދާތަކެއް ކުރާނެ."