މި މަޝްރޫއުގެ އެއްބަސްވުން ބަދަލުކުރަނީ. (ފޮޓޯ/އެމްޓީސީސީ)

ރަށް ގިރުން

މާވަށު ގޮނޑުދޮށް ހިމާޔަތްކުރަން 89 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

މި މަޝްރޫއު ހަވާލުކުރީ 540 ދުވަސް ނުވަތަ ގާތްގަނޑަކަށް ދޮޅު އަހަރުން ނިންމާ ގޮތަށް
27 މޭ 2025

ލ. މާވަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު 89.13 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ކޮންސްޓްރަކްޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ:

  •  ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނަޒީމް

  • އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ

ތަފްސީލް - 540 ދުވަސް ނުވަތަ ގާތްގަނޑަކަށް ދޮޅު އަހަރުން ނިންމަން ހަވާލުކުރި މި މަޝްރޫއުގެ ދަށުން:

  • 166،400 ކިއުބިކް މީޓަރުގެ ރާޅުވެލި ގޮނޑުދޮށަށް އަޅާނެ

  • 55،500 ކިއުބިކް މީޓަރުގެ ހިމުންވެލި ގޮނޑުދޮށަށް އަޅާނެ

  • 7،500 ކިއުބިކް މީޓަރު ފަތާ ސަރަހައްދު ފުންކުރާނެ

  • 524 މީޓަރުގެ ބޮޑުހިލައިގެ ރިވެންޓްމެންޓެއް ޖަހާނެ

  • 2،024 މީޓަރުގެ ޖިއޯބޭގް ރިވެންޓްމެންޓެއް ޖަހާނެ

  • 180 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖަހާނެ

  • 260 މީޓަރުގެ ޖިއޯބޭގް ގްެރޮއިން ޖަހާނެ

ބުނީ ކީކޭ؟ - އެމްޓީސީސީން ބުނި ގޮތުގައި، 2،200 މީހުންގެ އާބާދީއެއް އޮންނަ މާވަށުގައި އުޅޭ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ރަށް ގިރުމާއި އުދައެރުމުގެ މައްސަލަ ކަމަށްވާއިރު، އޭގެ ސަބަބުން ގިނަ އަދަދެއްގެ ރުށްގަސް ނެތިގެން ގޮސް، އުދައިގެ ލޮނުގަނޑުގެ ސަބަބުން ބައެއް ގެތަކުގައި ހިފާގެންގުޅޭ ސާމާނަށް ވެސް ގެއްލުން ލިބިފައިވެ އެވެ.

"މިއަދު މި ސޮއިކުރި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމުން، ރަށްގިރުމާއި ރަށަށް އުދައެރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ،" އެމްޓީސީސީން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް