އެހީގެ ފައިސާ ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއާ ހަވާލުކުރައްވަނީ. (ފޮޓޯ/ދިރާގު)
ދިރާގުން 230،380ރ. ދައުލަތުން ބަލާ ކުދިންނަށް ހަދިޔާކޮށްފި
ދިރާގުން 'ޑޮނޭޓް އޮން ދިރާގުއެޕް' ޕްރޮގްރާމް މެދުވެރިކޮށް ލިބިފައިވާ 230،380ރ. ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް މިއަދު ހަދިޔާކޮށްފި އެވެ.
ވީ ކިހިނެއް؟ - ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއާ މި ފައިސާ ރަސްމީކޮށް ހަވާލުކޮށްދެއްވީ ދިރާގުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިސްމާއިލް ރަޝީދެވެ.
ތަފްސީލް - މި ފައިސާގެ ތެރޭގައި ދިރާގުން ހަދިޔާކުރި 150،000ރ. އިތުރުން މިދިޔަ ރޯދަ މަހު ދިރާގުއެޕް މެދުވެރިކޮށް އާންމުން ހަދިޔާކޮށްފައިވާ ފައިސާ ވެސް ހިމެނެ އެވެ.
މި ފައިސާ އިން ހަރަދުކުރުމަށް ހަމަޖެހިފައިވަނީ:
-
ފިޔަވަތި، އަމާން ވެށި އަދި އަމާން ހިޔާއަށް
-
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ދުޅަހެޔޮކަމާއި ތަރައްގީއަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ކަނޑައަޅާފައިވާ މުހިއްމު ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ
ފިޔަވަތި، އަމާން ވެށި އަދި އަމާން ހިޔާއަކީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓާސް (އެފްސީއެސްސީ) މެދުވެރިކޮށް ދައުލަތުގެ ދަށުން ކުދިން ބަލަހައްޓާ ހާއްސަ ހިޔާތަކެވެ. އެގޮތުން:
-
ފިޔަވައްޗަކީ މާލޭ ސަރަހައްދަށް ނިސްބަތްވާ ކުދިންނަށް ހާއްސަކޮށްފައިވާ ހިޔާއެއް
-
އަމާން ވެށި އަދި އަމާން ހިޔާގައި ތިބެނީ ރާއްޖޭގެ އެހެން ހުރިހާ ކަންކޮޅުތަކަށް ނިސްބަތްވާ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިން
ފާހަގަކޮށްލެވޭ - ދިރާގުން އަންނަނީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ކުޑަކުދިންގެ މުސަތަގުބަލަށް ހެޔޮ ބަދަލުތައް ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތައުލީމީ ބޭނުންތައް ފުއްދައިދިނުމަށް އެހީތެރިވުމުގެ ގޮތުން ދިރާގުން އަންނަނީ ރާއްޖޭގެ ހުރިހާ އަމާން ވެށި އަދި އަމާން ހިޔާތަކަށް ދިރާގު ހައި-ސްޕީޑް އިންޓަނެޓް ފޯރުކޮށްދެމުންނެވެ.