އަބްދުﷲ އިބްރާހީމް، އޭނާ 25 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވޭ

ޑްރަގް އެތެރެކުރުމުގެ ބޮޑެއް ކަމަށް ބުނާ އަބްދުﷲ އިބްރާހީމް 25 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

އަބްދުﷲ އިބްރާހީމް، މަޝްހޫރު ނަމުން އަބޫޗާ ވަނީ ކުށަށް އިއުތިރާފުވެ ދައުލަތާ އެކު އެއްބަސްވުމެއް ހަދާފައި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ވިޔަފާރީގެ ބޮޑެއް ކަމަށް ބުނާ އަބްދުﷲ އިބްރާހީމް ޖަލަށް ލުމަށް މިއަދު ހުކުމްކޮށްފި އެވެ.

ވީކިހިނެއް؟ - ކަނޑުމަގުން އައްޑޫއަށް 80 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އިތުރު ބަޔަކާ އެކު އަބްދުﷲ އިބްރާހީމް، 38، ފިނިފަރު/ސ. ހިތަދޫ ހައްޔަރުކުރީ 4 އޮކްޓޯބަރު 2020ގަ އެވެ. އެ ގޮތުން:

  • އަބްދުﷲ އިބްރާހީމް ޑިންގީއެއްގައި މަސްތުވާތަކެތި ހިފައިގެން ދަނިކޮށް ފުލުހުން ގޮސް ކަނޑުމަތިން ހުއްޓުވަން މަސައްކަތް ކުރި ވަގުތު ކަނޑަށް ގޯނިތަކެއް އުކާލި

  • ފުލުހުން ކަނޑަށް ފުންމާލައިގެން އެ ތަކެތި ނަގާ އަބްދުﷲ އިބްރާހީމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ

އަބްދުﷲ އިބްރާހީމަށް 30 ނޮވެމްބަރު 2020ގައި ދައުވާކޮށް ކޯޓަށް ހުށަހެޅި އެވެ.

ތަފްސީލް - އަބްދުﷲ އިބްރާހީމް، މަޝްހޫރު ނަމުން އަބޫޗާ، މަސްތުވަތާކެތި އެތެރެކުރުމުގެ ދެ ދައުވާއެއް އޭނާގެ މައްޗަށް އުފުލި އެވެ. އޭނާ ދައުވާތަކަށް އިއުތިރާފުވެ، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހާ އެކު އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ ގޮތުން:

  • ދެ ދައުވާގެ ކުށުގެ އަދަބު އަރަނީ 50 އަހަރުގެ މުއްދަތަކަށް ޖަލަށް ލުން

  • ޕީޖީ އޮފީހާ އެކު ހެދި އިއުތިރާފު އެއްބަސްވުމުން އަދަބު ލުއިކުރީ 25 އަހަރަށް

  • ކޯޓުން ހުކުމްކުރީ އެއްބަސްވުމުގައިވާ ގޮތަށް 25 އަހަރަށް ޖަލަށް ލުމަށް

  • ބަންދުގައި 4 އަހަރު ހޭދަކޮށްފައިވާތީ، ހުކުމުން ދެން ތަންފީޒުކުރަން ޖެހެނީ 21 އަހަރު

ކޮމެންޓް (1)

އާދަނު

20 މޭ 2025
އަންނަ ތިޔާސީ އިންތިޚާބަށް މިނިވަން ކުރާނެ
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް