އޭދަފުށީ މަގުތައް ހެދުމުގެ އެއްބަސްވުން ހައުސިން މިނިސްޓްރީ އާއި އާރުޑީސީން މިއަދު ބަދަލުކުރަނީ. (ފޮޓޯ/އާރުޑީސީ)

ބ. އޭދަފުށި

އޭދަފުށީ މަގުތައް ހެދުމުގެ 2 ވަނަ ފިޔަވަހި 75 މިލިއަނަށް އާރުޑީސީއަށް

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި 2019ގައި ހަވާލުކުރީ އެމްޓީސީސީއާ
19 މޭ 2025

ބ. އޭދަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް 75.7 މިލިއަން ރުފިޔާއަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ:

  • ހައުސިންގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު 

  • އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު

ތަފްސީލް - މި އެއްބަސްވުމުގެ ދަށުން އާރުޑީސީއާ ހަވާލުކޮށްފައިވާ މަސައްކަތްތަކަކީ:

  • 5.3 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުން

  • ދުވާރުތައް ހެދުން

  • ފެން ހިންދާ ނިޒާމް ގާއިމުކުރުން

  • މަގުމަތީގެ ނިޝާންތަކާއި ބޯޑުތައް ހަރުކުރުން

އެނގުން މުހިންމު - މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި 2019ގައި ހަވާލުކުރީ އެމްޓީސީސީއާ އެވެ. އެ ފިޔަވަހީގެ ދަށުން:

  • 17785 އަކަމީޓަރުގެ މަގު ހެދި

  • ފެންހިންދާ ނިޒާމު ގާއިމްކުރި

  • 172 އެލްއީޑީ ބޮކި ހަރުކުރި

އިތުރު އާޓިކަލް

އިތުރު އާޓިކަލް