ކުޑަގިރި. (ފޮޓޯ/އެޗްޑީސީ)
އެމްޓީސީސީން ކުޑަގިރިއަށް ފެރީ ދަތުރުތައް ފަށައިިފި
މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑަށް އެމްޓީސީސީން ފެރީ ދަތުރުތައް އިއްޔެ ފަށައިފި އެވެ.
ވީ ކިހިނެއް؟ - ކުޑަގިރިއަށް ދަތުރު ދާން ބޭނުންވާ ފަރާތްތަކަށް ވީހާ ވެސް ލުއިފަސޭހަކޮށް އިންތިޒާމުތައް ހަމަޖެއްސުމަށް ގެނައި މި ބަދަލާ އެކު، މިހާރު އެމްޓީސީސީގެ ވެބްސައިޓް މެދުވެރިކޮށް މާލެއިން ކުޑަގިރިއަށް ދިއުމަށް ފެރީ ބުކް ކުރެވޭނެ އެވެ.
ތަފްސީލް - މި ދަތުރުތައް ފަށާފައިވަނީ 140 މީހުންގެ ޖާގައިގެ ފެރީއަކާ އެކު އެވެ.
މި ދަތުރުތައް އޮންނާނީ ކޮންމެ ހުކުރު އަދި ހޮނިހިރެއްގަ އެވެ. މި ހިދުމަތް ފެށިއިރު، މާލެ އާއި ކުޑަގިރިއާ ދެމެދު އެ ތަނުން ކޮންމެ ދުވަހަކު ހަ ދަތުރު ކުރާނެ އެވެ.
އެމްޓީސީސީ ފެރީ ޝެޑިއުލް:
-
މާލެއިން ކުޑަގިރިއަށް - ހެނދުނު 6:30
-
މާލެއިން ކުޑަގިރިއަށް - ހެނދުނު 8
-
މާލެއިން ކުޑަގިރިއަށް - ހެނދުނު 9:30
-
ކުޑަގިރިން މާލެއަށް - ހަވީރު 4
-
ކުޑަގިރިން މާލެއަށް - ހަވީރު 5:30
-
ކުޑަގިރިން މާލެއަށް - ރޭގަނޑު 7
އޭގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ސީދާ ހުޅުމާލޭން ފެރީގައި ކުޑަގިރިއަށް ދެވޭ ގޮތަށް ހިދުމަތްތައް ފުޅާކުރުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
ފާހަގަކޮށްލެވޭ - އެޗްޑީސީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު:
-
މިދިޔަ ދެ އަހަރުގެ ތެރޭގައި ޖުމްލަ 54،724 މީހުން ވަނީ ކުޑަގިރިއަށް ޒިޔާރާތްކޮށްފައި
-
ކުޑަގިރިއަށް ދަތުރު ދާ ފަރާތްތަކަށް އެ ރަށުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ކަސްޓަމާ ސެޓިސްފެކްޝަން ހުރީ 70 އިން މަތީގައި