'އުރީދޫ ޖޫނިއާސް އޮން ޑިއުޓީ' ހަރަކާތުގެ ތެރެއިން. (ފޮޓޯ/އުރީދޫ)

އުރީދޫ

ކުޑަކުދިންގެ ދުވަހު އުރީދޫގެ ހިދުމަތް ދިނުމުގައި ކުޑަކުދިން

އުރީދޫގެ ކޯލް ސެންޓަރު އަދި އެކްސްޕީރިއަންސް ސެންޓަރުގައި އުރީދޫގެ މުވައްޒަފުންނާ އެކު މަސައްކަތް ކުރި
12 މޭ 2025

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫން ކުޑަކުދިން ބައިވެރިކޮށްގެން ހަރަކާތެއް ކުރިއަށްގެންގޮސްފި އެވެ.

ވީ ކިހިނެއް؟ - 'އުރީދޫ ޖޫނިއާސް އޮން ޑިއުޓީ' ހަރަކާތް މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު 9 އިން މެންދުރު 12އަށް ކުރިއަށްގެންދިޔައީ އުރީދޫގެ ކޯލް ސެންޓަރު އަދި އެކްސްޕީރިއަންސް ސެންޓަރުގައި އެ ކުންފުނީގެ މުވައްޒަފުންނާ އެކު މަސައްކަތް ކުރާ ގޮތަށެވެ.

ތަފްސީލް - މި ހަރަކާތުގައި ބައިވެރިވި ކުދިން ވަނީ ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި އެކި ގޮތް ގޮތުން ހަރަކާތްތެރިވެފަ އެވެ. އެގޮތުން:

  • އުރީދޫ އެކްސްޕީރިއަންސް ސެންޓަރަށް ޒިޔާރަތްކުރި ކަސްޓަމަރުންނަށް މަރުހަބާކިޔުމުގައި ހަރަކާތްތެރިވި

  • ސުވާލުތައް ހައްލުކުރުމުގައި އެހީތެރިވެދިން

  • ފޯނު ކޯލުތަކަށް ޖަވާބުދިން 

  • ސޯޝަލް މީޑިއާގައި ކަސްޓަމަރުންގެ މެސެޖްތަކަށް ވެސް ޖަވާބު ދީފައިވޭ

  • 'އުރީދޫ ޖޫނިއާސް އޮން ޑިއުޓީ' ހަރަކާތުގެ ތެރެއިން. (ފޮޓޯ/އުރީދޫ)
  • 'އުރީދޫ ޖޫނިއާސް އޮން ޑިއުޓީ' ހަރަކާތުގެ ތެރެއިން. (ފޮޓޯ/އުރީދޫ)
  • 'އުރީދޫ ޖޫނިއާސް އޮން ޑިއުޓީ' ހަރަކާތުގެ ތެރެއިން. (ފޮޓޯ/އުރީދޫ)

މި ހަރަކާތަކީ، އުރީދޫން ބުނި ގޮތުގައި، ޒުވާން ބައިވެރިންނަށާއި ކަސްޓަމަރުންނަށް އުފާވެރިކަމާއި ހިނިތުންވުން ލިބުމުގެ އިތުރުން، އަންނަން އޮތް ޖީލު ބާރުވެރިކުރުވައި ހިދުމަތާއި ގުޅުމުގެ ރޫހު ފާހަގަކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ބޭއްވި ހަރަކާތެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް