ތެރަޕީ ދޭ ކުލިނިކެއްގެ މުވައްޒަފަކު ކުއްޖަކަށް އަނިޔާކުރި ތަން ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް.

ކުޑަކުދިން

ތެރަޕީ ނަގަން ދިޔަ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ ތެރަޕީ ހިދުމަތް ދޭ ކުލިނިކުގެ މުވައްޒަފަކު ކުއްޖެއްގެ ފަހަތުން ކަތުރެއް ހިފައިގެން ދުވާ މަންޒަރު

ހުޅުމާލޭގައި ހުންނަ ކުލިނިކަކަށް ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އެ ތަނުގެ މުވައްޒަފުން އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން ބުނީ އެ މައްސަލަ އިއްޔެގެ ވަގުތެއްގައި ރިޕޯޓުކުރުމާ އެކު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެއީ ސީދާ ކޮން ކުލިނިކެއްކަން ފުލުހުން ނުބުނެ އެވެ.

ތަފްސީލު – މި ހާދިސާއާ ގުޅޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެއީ 5 މެއިގައި ހިނގި ހާދިސާއެއް ކަމަށް ވަނީ ބުނެފަ އެވެ.

އެ ވީޑިއޯއިން ފެންނަނީ އެ ބުނާ ކުލިނިކުގައި މުވައްޒަފަކު ކުއްޖެއްގެ ފަހަތުން ކަތުރެއް ހިފައިގެން ދުވާ މަންޒަރެވެ. އެ ކުއްޖާ ސަލާމަތްވާން މަސައްކަތް ކުރާ ތަނާއި އިތުރު ކުއްޖަކު ގޮނޑިއެއްގައި އިށީނދެ އިންނަ މަންޒަރު ވެސް އެ ވީޑިއޯ ފެނެ އެވެ.

އެ ހިނގާދިޔަ ކަންތައްތަކަށް ފަހު ކުއްޖާގެ އަތަށް ލިބިފައިހުރި އަނިޔާ ފެންނަ ފޮޓޯއެއް ވެސް އެ ވީޑިއޯގައި ދައްކަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް