މާޗުގެ އިތުރުން އޭޕްރީލްގައި ވެސް ކަރަންޓު ބިލުތަކަށް ޑިސްކައުންޓު ދިން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައި. (ދައުރު ފޮޓޯ)

ސްޓެލްކޯ

ހޫނުގަދަކަމުން އޭޕްރީލްގެ ބިލުތަކުން ވެސް ޑިސްކައުންޓު ދިނިން: ސްޓެލްކޯ

ސްޓެލްކޯއިން ވަނީ މާޗުގެ ކަރަންޓު ބިލުތަކަށް ވެސް %10ގެ ޑިސްކައުންޓެއް ދީފައި. އޭގެ ފަހުން، ދުރާލާ ނުބުނެ އޭޕްރީލްގެ ބިލުތަކުން ވެސް ޑިސްކައުންޓު ދިނީ އެ ދުވަސްވަރު ހޫނުގަދަވެ، ކަރަންޓު ބިލު ބޮޑުވާނެތީ އާންމުންނަށް ލުޔެއް ދިނުމަށް ކަމަށް އެ ކުންފުނިން ބުނޭ

މާޗު މަހު ކަރަންޓު ބިލުން ދިން ގޮތަށް ހުސްވި އޭޕްރީލްގެ ބިލުތަކަށް ވެސް ޑިސްކައުންޓު ދީފައިވާނެ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ސްޓެލްކޯއިން ވަނީ މިއަހަރުގެ މާޗު (ރޯދަމަހު)ގެ ކަރަންޓު ބިލުތަކަށް %10ގެ ޑިސްކައުންޓެއް ދީފަ އެވެ.

ތަފްސީލު - ސްޓެލްކޯއިން ބުނީ މާޗު ނިމުމަށްފަހު އޭޕްރީލްގެ ބިލުތަކުން ވެސް ޑިސްކައުންޓު ދީފައިވާނެ ކަމަށެވެ.

އެގޮތަށް ޑިސްކައުންޓު ދިން ސަބަބަކީ، އެސްޓީއޯއިން ބުނާ ގޮތުގައި އޭޕްރީލަކީ ހޫނު ގަދަވުމުގެ ސަބަބުން އާންމުކޮށް ކަރަންޓު ބިލުތައް ބޮޑުވާ މަހަކަށް ވާތީ، ރައްޔިތުންނަށް އިިތުރު ލުޔެއް ދިނުމަށެވެ.

"ވުމާ އެކު އޭޕްރީލް މަހުގެ ކަރަންޓު ބިލު މި ކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދިންއިރު، އެ ބިލުގައިވާ 'ކަރަންޓު ބޭނުންކުރެވުނު ވަރު' އޭގެ ކުރީ މަހާ ތަފާތުވި ނަމަވެސް، ބައެއް ބިލްތަކުގައި ބިލް އެމައުންޓު (ފައިސާގެ އަދަދު) މާޗު މަހުގެ (ރަމަޟާން މަހުގެ) ބިލާއި ސީދާ އެއް އަދަދެއްގެ ގޮތުގައި އޮތީ މިދެންނެވި ލުއި ދިނުމުން ކަމުގައި ދެންނެވީމެވެ،" ސްޓެލްކޯއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ޑިސްކައުންޓު ދިން ކަމަށް ސްޓެލްކޯއިން ބުނި ނަމަވެސް، އެ ޑިސްކައުންޓު ހިމަނައިގެން ވެސް ކަރަންޓު ބިލު އިތުރަށް ބޮޑުވެފައިވާ ކަމަށް ބުނެ އާންމުންގެ ތެރެއިން ބައެއް މީހުން އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.

ކޮމެންޓް (2)

ފީލިންގ

11 މޭ 2025
މަގޭ ހިތަށް އަރާ ކަންމަތީ ފިހާރަތަކުންވެސް ސްޓެލްކޯއިން މި ޖަހާ ސަކަރާތް ދަސްނުކޮށްފިއްޔާ ރަނގަޅޭ. މިސާލަކަށް ފިޔާކިލޯއަކުން އަސްލު އަގަށްވުރެ 50% ބޮޑުކޮށްފައި މީހަކު ހާދަ އަގު ބޮޑޭ ބުނެފިއްޔާ އޭއި އޭއި އޭ 20% ޑިސްކައުންޓު ދީފައޭ އޮންނާނީ ބުނީމާ، ތިޔާބުނީ ތެދެކޭ ހާދަ ހެޔޮފުޅޭ ނުވެސް އަހަނީސް ޑިސްކައުންޓު ދީފިއޭ ކިޔަމުން ފިޔާކޮތަޅު ހިފައިގެން ނިކުމެގެން ދާންތާ ޖެހޭނީ؟
1 0

ތެފައާސާ.

11 މޭ 2025
މީ އަޖައިބެއްކަހަލަ ޑިސްކައުންޓެއް. ތިޔަ ޑިސްކައުންޓެއް ދީ ނިމިގެން ބިލް ދައްކަން ބަލާއިރުވެސް އޮންނަނީ އަތްނުފޯރާފަށުގައޭ. އެކަމަކާ މީހަކު އެއްޗެކޭބުނާއިރަށް އެބަ ބުނޭ ޑިސްކައުންޓޭ. ބަލަ އަހަރެމެން މި އުޅެނީ ދެތިން ސަތޭކަ ރުފިޔާގެ ޑިސްކައުންޓެއް ނުލިބިގެނެއް ނޫނޭ. މި އުޅެނީ ގޭގައި މީހަކު އޮތަސް ނެތަސް ތިޔަ ޑިސްކައުންޓު ދީފައި ފޮނުވާ ބިލުވެސް ތިރިނުވެގެންނޭ. ޑިސްކައުންޓޯ!!!!!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް